ތިނަދޫ ކަރަންޓް ދިޔަ މައްސަލަ މިހާރު ވަނީ ހައްލުވެފައި: ނިމާލް

ގދ. ތިނަދޫއިން ކަރަންޓު ކެނޑިފައި އޮތުމަށްފަހު ކަރަންޓް ހިދުމަތް ލިބިއްޖެ އެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލު ވިދާޅުވީ ތިނަދޫން މިރޭ ކަރަންޓް ދިޔައީ ކަރަންޓްގެ ހިދުމަތުގައި މިހާރު ބޭނުން ކުރަމުންދާ އިންޖީނުތަކުން އިންޖީނެއްގެ ޓާބޯގެ މައްސަލަ ޖެހިގެން ކަމަށާއި އެކަން ހައްލުކޮށް މިހާރު ކަރަންޓް ދޫކޮށްފައިވާ ކަމަށެވެ.
"ކަރަންޓް ދިޔައީ އިންޖީނެއްގެ ޓާބޯގެ މައްސަލަ ޖެހިގެން، މިހާރު އެކަން ހައްލުކޮށް ކަރަންޓް ދެވިފައި ވަނީ. އަދި މައްސަލަ ޖެހުނު ޓާބޯ މިހާރު މާލެ ގެނައުމުގެ މަސައްކަތް އެބަކުރަން،" ނިމާލް ވިދާޅުވި އެވެ.
ތިނަދޫން މިރޭ އިރާކޮޅު އެއްކޮށް ކަރަންޓު ކެނޑިގެން ދިޔަ ނަމަވެސް އިރުކޮޅެއްގެ ތެރޭގައި ރަށުގެ ބޮޑު ބަޔަކަށް ކަރަންޓު ލިބުނެވެ. އޭގެ ފަހުން މިހާރުވަނީ ކަރަންޓު ނުލިބި އޮތް ސަރަހައްދަށް ވެސް ކަރަންޓު ފޯރުކޮށްދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ