ޒިވާ، އަހްނާ، އަހުނަފް އަދި ޒުއިޒް އޭޝިއާގެ 20 އަހަރުން ދަށުގެ މުބާރާތަށް

ގައުމީ އެތުލެޓިކްސް ޓީމުގެ އުންމީދީ ހަތަރު ދުވުންތެރިން ކަމަށްވާ، އަހްނާ ނިޒާރު، އަހުނަފް ރައްޔާން ފަހުމީ، ޒުއިޒް މުހައްމަދު ސުއާދު އަދި ޒިވާ މޫސާ ޝަފީއު، މި މަހު ކުރިއަށްދާ އޭޝިއާގެ 20 އަހަރުން ދަށުގެ މުބާރާތުގައި ބައިވެރިވުމަށް ޓްރެއިނިން ކުރިއަށްގެންދަމުން އެބަދެ އެވެ. 
އޭޝިއާގެ 20 އަހަރުން ދަށުގެ މުބާާރާތް ކުރިއަށްދަނީ، މި މަހު 28-31 އަށް ހޮންގް ކޮންގް، ޗައިނާގަ. އެވެ. 
ރާއްޖޭގެ އެތުލެޓިކްސް ޖަމިއްޔާ، މޯލްޑިވްސް އެތުލެޓިކްސް އިން މައުލޫމާތު ދޭ ގޮތުގައި، އޭޝިއާގެ 20 އަހަރުން ދަށުގެ މުބާރާތުގައި، ރާއްޖޭގެ ކޮންމެ އެތުލީޓަކު ވެސް ދެ އިވެންޓެއްގައި ވާދަކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އެ ގޮތުން، އަހްނާ ވާދަކުރުމަށް ހަމަޖެހިފައިވަނީ އަންހެނުންގެ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުގަ އެވެ. އަހުނަފް ވާދަކުރާނީ ފިރިހެނުންގެ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުގަ އެވެ. ޒިވާ، އަންހެނުންގެ 100 މީޓަރު ދިވުމާއި 200 މީޓަރު ދުވުމުގައި ވާދަކުރާއިރު، ޒުއިޒް ވާދަކުރާނީ ފިރިހެނުންގެ 200 މީޓަރު ދުވުމާއި 400 މީޓަރު ދުވުމުގަ އެވެ. 
މި އަހަރުގެ މިހާތަނަށް ގައުމީ އެތުލެޓިކްސް ޓީމުގެ ގިނަ އެތުލީޓުންނެއް ވަނީ ރާއްޖޭން ބޭރުގައި ބޭއްވި ގިނަ މުބާރާތްތަކެއްގައި ވާދަކޮށްފަ އެވެ.  އޭގެ ތެރެއިން އެއް އެތުލީޓަކީ، އޭޝިއާގެ 20 އަހަރުން ދަށުގެ މުބާރާތުގައި ވެސް ފެނިގެންދާނެ، އަހްނާ އެވެ. ދާދި ފަހުން، ޗައިނާގެ ޗޮންގިންގައި ބޭއްވި ހަތަރު ވަނަ ބެލްޓް އެންޑް ރޯޑް އެތުލެޓިކްސް އިންވިޓޭޝަނަލް މީޓިންގައި ރާއްޖޭން ވާދަކުރީ އައިޝަތު ޝަބާ ސަލީމް އެވެ.
ބާވީސް ވަނަ އޭޝިއާގެ 20 އަހަރުން ދަށުގެ އެތުލެޓިކްސް މުބާރާތް ކުރިއަށްދަނީ، ހޮންގް ކޮންގްގެ ކައި ޓަކް ސްޕޯޓްސް ޔޫތު ގްރައުންޑްގަ އެެވެ. ޖުމްލަ އެކު، ފިރިހެން އެތުލީޓުންނަށް 22 އިވެންޓް، އަދި އަންހެން އެތުލީޓުންނަށް 22 އިވެންޓް ކުރިއަށްދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ