ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަކީ އަނިޔާވެރި ވެރިކަމެއް ނޫން ކަމަށާއި އިދިކޮޅު ސިޔާސީ ލީޑަރުން އޭރު ހައްޔަރު ކުރީ ކުށެއް ނެތި، ގާނޫނާ ހިލާފަށް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތެރޭގަ އެވެ.
އޭރު މާލެ ސިޓީގެ މޭޔަރު ކަމުގެ މަގާމުގައި ވެސް ހުންނެވި މުއިއްޒު އެހެން ވިދާޅުވީ "އަދަދު" ނޫހުން ގެނެސްދޭ "އެތެރެފުށް" ޕްރޮގުރާމުގައި، ރައީސް ޔާމީނަކީ އަނިޔާވެރި، ގާނޫނާ ހިލާފު އަމަލުތަކެއް ހިންގެވި ބޭފުޅެއްތޯ ސުވާލު ކުރުމުންނެވެ.
"ގަބޫލެއް ނުކުރަން އެނގޭތޯ. އެ މަނިކުފާނު ކުރީ ގާނޫނީ ވެރިކަމެއް. ގާނޫނު އަސާސީއާ ގާނޫނުތަކުން ބޭރުން އެއް ކަމެއް ވެސް ނުކުރައްވާ އިނގޭތޯ،" އޭނާ ވިދާޅުވި އެވެ.
ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް ހުންނެވި މުއިއްޒު ވިދާޅުވީ އެ ވެރިކަމުގައި އެއްވެސް ބޭފުޅަކަށް ސިޔާސީ ގޮތުން، ސިޔާސީ މީހަކަށް ވީތީއޭ ކިޔާފައި ގެންގޮސް ހައްޔަރުކޮށްފައި ނުވާ ކަމަށާއި މުޅީން ވެސް އަދަބު ދީފައި ހުރީ، އޮންނަ އިޖުރާތުގެ ތެރެއިން އެކަން ކުރަން އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.
"ކުށްކޮށްގެން އޮންނަ ޕްރޮސީޖާގެ ތެރެއިން ކަމާބެހޭ ފަރާތްތަކުން، [އޮންނަ] އުސޫލުގެ ތެރެއިން ނޫނީ ނެތް އެއްވެސް ފަރާތަކަށް ފިޔަވަޅެއް އަޅާފައެއް. އެ ފިޔަވަޅު އެޅިގެން ދިޔަ ފަރާތްތަކާއި އެފަރާތްތަކާ ގުޅިފައި ހުރި ފަރާތްތަކުން އެ ވާހަކަ ދައްކާ. ދެއްކިޔަސް ހަމަ ބެއްލެވީމާ ފެނިވަޑައިގަންނަވާނީ ހަމަ އިޖުރާއަތްތަކުގެ ތެރެއިން ގާނޫނީ ހަމަތަކުގެ މަތިން ގާނޫނީ ވެރިކަމެއް ކުރެއްވީ،" ރައީސް ޔާމީން ދިފާއު ކުރައްވައި މުއިއްޒު ވިދާޅުވި އެވެ.
ނަމަވެސް މި ވާހަކަތައް މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ވަނީ ބަދަލުވެ އެވެ. ޕީއެންސީގެ ޖަގަހައިގައި ބޭއްވި ޔާމީނަށް ނިސްބަތް ކުރައްވައި މުއިއްޒު ވިދާޅުވީ "މީގެ ކުރީގައި ސިޔާސީ މީހަކު ކިރިޔާ ވެސް އެއްޗެއް ބުނާއިރަށް ވެސް ޖަލަށްލީ ދުވަސް ހިނގެއްޖެ." ކަމަށެވެ.
"ތަރައްގީކުރިޔަސް ގައުމުގައި އޮތީ ކޮރަޕްޝަނާއި އަނިޔާވެރިކަން. ސިޔާސީ ހުރިހާ އެންމެން ޖަލުގައި އެއީ ގައިމު ވެސް ފެންނަން ހުރި ހަގީގަތް. އެހެންވީމަ ޓްރެކް ރެކޯޑު މިއޮތީ ވަރަށް ސާފުކޮށް ޑިސްޕްލޭވެފައި ހުރިހާ ފަރާތްތަކެއްގެ ވެސް. މިއީ އަންޑޫ ކުރެވޭނެ ކަންކަމެއް ނޫން. ފަހަތަކަށް ނުދެވޭނެ. އެއީ ފަސްއެޅޭނެ އެއްޗިއްސެއް ނޫން،. އެއީ ފެންނަން ހުރި ހަގީގަތް. އެއީ ތިމަންނަމެއް ނެތް ނޫނޭ ބުނެ ކާކަށްތޯ އޮޅުވާލެވޭނީ. އަމިއްލަ ނަފުސަށްވެސް އޮޅުވާނުލެވޭނެ ކަންކަން."
މި ދަރަޖައަށް ވާހަކަ ބަދަލުވުމުން މުއިއްޒު ކުރިން ދައްކަވާފައިވާ ބައެއް ސަފުހާތައް ހަނދާން އާކޮށްލުން މުހިއްމެވެ.
އޮގަސްޓު 8، 2023
"އަޅުގަނޑު މިތަނުގައި ހުއްޓަސް މި މަގާމަކީ އަޅުގަނޑުމެންގެ ލޮބުވެތި ރައީސް، ރައީސް ޔާމީންގެ މަގާމެއް. އަޅުގަނޑުމެންގެ ހުރިހާ ބޭފުޅުން ހުރިހާ ރައްޔިތުން، ދެ ޕާޓީގެ ހުރިހާ މެންބަރުން، އަދި މި ގައުމުދެކެ ލޯބިވާ ހުރިހާ ރައްޔިތުންގެ ކެންޑިޑޭޓަކީ ރައީސް ޔާމީން. އެންމެ ފުރަތަމަ ރިޔާސީ ޓިކެޓެއް އެރުވުނީ އެމަނިކުފާނަށް. އެއީ ދިވެހީންގެ ރައީސް. އެމަނިކުފާނަކީ އަޅުގަނޑުމެން މިގައުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެން ބޭނުންވާ ލީޑަރު. އެހެންނަމަވެސް މިސަރުކާރުގެ [ސޯލިހުގެ ސަރުކާރު] އަނިޔާވެރިކަމާއެކީގައި އެމަނިކުފާނު އެހުރީ ޖަލުގައ.ި އެކި ފަހަރު މަތިން މިހާރު އެއްހާސް ދުވަސް މިހަމަވަނ.ީ އަނިޔާވެރިކަމުގެ އިންތިހ.ާ އެކިއެކި މަސައްކަތްތައް އަޅުގަނޑުމެންނަށް ކުރެވިއްޖެ. އެކިއެކި ފެންވަރުގައި ކުރެވިއްޖެ. މުޅި ދެ ޕާޓީގެ ލީޑަޝިޕާ ހުރިހާ މެންބަރުން އެކީގައި މިދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުން އެހެން ނަމަވެސް އެމަނިކުފާނު މިނިވަން ނުކޮށް އެންމެފަހުން ކެންޑިޑޭސީގެ ކޭސްގަވެސް އެމަނިކުފާނުގެ ހައްގު އެދިޔައީ ނުލިބ.ި"
--
"އަޅުގަނޑުމެންނަށް ރައްޔިތުން ފުރުސަތުދެއްވުމުން ރައީސް ޔާމީނުގެ އެ ތަރައްގީގެ ފިކުރުގައި އެމަނިކުފާނުގެ އިރުޝާދާއި އެކީގައި އަޅުގަ ނޑުމެން ކުރިޔަށްގެންދާނެ ގޮތަކ.ީ ތަރައްޤީގެ ވައުދުތައް އަޅުގަ ނޑުމެން ވާނީ ތަރައްގީ ގެނެސްދޭނެގޮތް އެނގިގެން. އެގޮތް ހާސިލް ކުރެވޭނެކަމުގެ ޔަގީންކަމާ އެކީގައ.ި ރައީސް ޔާމީންގެ އިރުޝާދާ އެކީގައި އެމަނިކުފާނުގެ ލަފަޔާ ފުރިހަމަ ދައުރާ އެކީގައި އިރާދަކުރެއްވިޔާ ކުރިއަށް އޮތް 5 އަހަރު އަޅުގަނޑުމެން ތަރައްޤީ ގެނެސްދޭނ.ީ"
---
"އަޅުގަނޑުމެންގެ އެންމެ އިސް ޒިންމާއަކީ އަޅުގަނޑުމެންގެ އެންމެ އިސް ކަމަކަށް ހަދާފަމިވަނީ އަދި ކުރާނެ މަސައްކަތަކީ އިރާދަކުރެއްވިޔާ ތިޔަ ބޭފުޅުންގެ އެހީތެރިކަމާއެކީގައި މި އިންތިހާބު ކާމިޔާބުކޮށް ރައީސް ޔާމީނަށް ހައްގު އިންސާފު ގާއިމްކޮށް އެމަނިކުފާނު މިނިވަންކޮށް އަޅުގަނޑުމެންނާކީގައި ހުންނާނެ ދުވަހެއް ގާއިމް ކުރުން. އެންމެ ފުރަތަމަ ދުވަހުވެސް އިރާދަކުރެއްވިޔާ އެކަންތައް އަޅުގަނޑުމެން ކުރިއަށް ގެންދާނަން."
އޮގަސްޓް 10، 2023
"ރައީސް ޔާމީން ޖަލުގައި ހުންނެވުމުން، ހަގީގަތުގައި ވަރަށް ފުން އިހުސާސްތަކެއް ކުރެވެނ.ީ އެމަނިކުފާނާ ބައްދަލުވެސްވި ހަމަ ކޯޓުތެރެއިންވެސް އިނގޭތޯ. އެވަގުތުކޮޅު ތެރޭގައިވެސް އަޅުގަނޑުމެންނަށް އިހުސާސްވެގެންދިޔައީ، އެމަނިކުފާނު ގައުމުދެކެ ވާ ލޯބި އިނގޭތޯ."
--
"އަޅުގަނޑަށް މަތިކޮށްފައިވަނީ ވަރަށްވެސް މަތިވެރި ވަރަށްވެސް ބޮޑު ޒިންމާއެއް އެންމެ ފުރަތަމަވެސް އަޅުގަނޑު ރައީސް އަބްދުالله ޔާމީން އަބްދުލް ގައްޔޫމްއަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. އަޅުގަނޑަށް އިތުބާރު ކުރެއްވިކަމަށްޓަކައ.ި ހަގީގަތުގައި އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓަކީ އެމަނިކުފާނު. ދިވެހި ރައްޔިތުންގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އަބްދުالله ޔާމީން އަބްދުލް ގައްޔޫމް"
އޮގަސްޓު 12، 2023
"ރައީސް ޔާމީން ކިބައިން އަޅުގަނޑަށް ދަސްވެފައިވީ، ކަމެއް ކުރަން އެމަނިކުފާނު ވިދާޅުވެއްޖެއްޔާ އެކަން ކޮށްދެއްވާކަން. ކޮށްދިނުމުގައި މެދުވެރިއަކަށް އަޅުގަނޑު ވަރަށްގިނަ ފަހަރު އެމަނިކުފާނު ބޭނުންކޮށްފައިވަނ.ީ ހާއްސަކޮށް އުމްރާނީ ތަރައގ.ީ އެހެންވީމ،ާ ތެދުވެރިކަމާ އިހުލާސްތެރިކަމާއެކީގައި ރައްޔިތުންނަށް ހިދުމަތްކުރުން އެމަނިކުފާނުގެ ކިބައިން އަޅުގަނޑުމެން އެންމެންނަށް ދަސްވެފައިވަނ.ީ މި ދެއްކި އެއްވެސް ވާހަކައަކީ ހަމައެކަނި ވޯޓެއް ހޯދަން ދެއްކި ވާހަކައެއް ނޫން. އަޅުގަނޑުގެ ކިބަޔަކުންނެއް އެއްވެސް މީހަކަށް ފެނިފައެއް ނުހުންނާނެ ދައްކާ ވާހަކައާއި އަމަލާ ދިވާނުވާ ތަން. އެހެންވީމާ ރައްޔިތުންގެ ކިބައިން އެދެނީ ގޮތް ނިންމަން.
އޮގަސްޓް 14، 2023
"ރައީސް ޔާމީން މިގަމަށްޓަކައި ވަމުންދާ ގުރުބާނީ އަޅުގަނޑުމެން އެބަޖެހޭ ބަލައިގަންނަން. އަދި އެމަނިކުފާނު މިނިވަންކުރުމަށްޓަކައި އަޅުގަނޑުމެން ސެޕްޓެމްބަރ 9 ވަނަ ދުވަހު އޮންނަ އިންތިހާބުގައި ގައުމީ ވިސްނުމުގައި އަޅުގަނޑުމެން އެކަތިގަ ނޑަކަށްވެ އެކައްޗެއް ކިޔަންޖެހ.ޭ އިރާދަކުރެއްވިއްޔާ އެމަނިކުފާނު މިނިވަންކުރުމަކީ އަޅުގަ ނޑުމެން އެންމެ އިސްކަންދީގެން ކުރާނެ ކަންތައް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގާނޫނީ ހަމަތަކުގެ މަތީން އެންމެ ފުރަތަމަވެސް ހާސިލްކުރާނީ އެމަނިކުފާނު މިނިވަންކުރުން."
--
އޮގަސްޓް 17، 2023
"ރައީސް ޔާމީން ނުޙައްގުން ޖަލުގައި ހުންނަތާ މިހާރު 1005 ދުވަސ.ް އެހެންވީމާ އަޅުގަ ނޑުމެންގެ އެންމެ މުހިންމު އަޒުމަކަމަށްވާނީ އަޅުގަނޑުމެން އެންމެން އަތުކުރި އޮޅާލައިގެން އެއް ވިސްނުމެއްގައި މަސައްކަތްކޮށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް އެމަނިކުފާނު މިނިވަންކުރުމުގެ މަސައްކަތް ކާމިޔާބުކުރުން. އެހެންވީމާ އަޅުގަނޑު އަދިވެސް ތިޔަ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ ރޭގައިވެސް ދެންނެވި ފަދައިން އިރާދަކުރެއްވިއްޔާ ގާނޫނީ ހަމަތަކުގެ މަތީން އަޅުގަނޑު އެންމެ އިސްކަމެއް ދީގެން އެންމެ އުފަލާ އެކީގައި ހާސިލްކުރާނެ އެންމެ ފުރަތަމަ ކަމަކީ އެމަނިކުފާނު އަޅުގަ ނޑުމެން ގާތަށް މިނިވަންކޮށް ގެނެސްދިނުނ.ް އާދެ، އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެން ހާސިލްކުރާނަން،"
--
"ނުކުރެވޭވަރުގެ ކަމެއްގެ ވާހަކަ ރައީސް ޔާމީންގެ ފަރާތްޕުޅުން އަންނަ އެއްވެސް މީހަކު ނުދައްކާނެ. އެމަނިކުފާނުގެ ޒައާމަތުންވެސް ފެނިގެން ދިޔައ،ީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދެއްވިއްޔާ ފުރިހަމަ ކޮށްދެއްވި ތަން. އެހެންވީމާ އަޅުގަނޑުމެން ވާހަކަ ދައްކާނީ އިހުލާސްތެރިކަމާއި ތެދުވެރިކަމާއި އެކީގައ.ި ކުރެވޭނެ ގޮތްވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ބުނެދެވޭނެ. ރާވައިގެން ހާސިލްވެސް ކޮށްދެވޭނެ. ނަތީޖާވެސް ނެރެދެވޭނެ. އަޅުގަނޑުމެން ގާއިމްކުރާ ސަރުކާރެއްވާނީ ރައްޔިތުންނަށް ނަތީޖާ ނެރެދޭނެ ރައްޔިތުން ބޭނުންވާ ކަންކަން ހަގީގަތުގައިވެސް ކޮށްދޭނެ ސަރުކާރަކަށް.
ސެޕްޓެމްބަރު 6، 2023
---
މި ފާހަގަކޮށްލެވުނު ސަފުހާތަކުން އެނގި ސާފުވަނީ، ސިޔާސީ މައިދާނުގައި މަސްލަހަތާއި ހާލަތަށް ރިއާޔަތްކޮށް ބަސްމަގަށް އަންނަ ބޮޑެތި ބަދަލުތަކެވެ. ރިޔާސީ ކެމްޕޭނުގެ ތެރޭގައި، ރައީސް ޔާމީނަކީ "ތެދުވެރި، އިހުލާސްތެރި، އަދި ގާނޫނީ ހަމަތަކުގެ މަތިން ވެރިކަން ކުރެއްވި" ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވައި، އެމަނިކުފާނުގެ ފިކުރާއި ލަފައާއެކު ގައުމު ހިންގަވާނެ ކަމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް މިއަދު މިވަނީ ތާރީހުގެ ތެރެއަށް ގޮސްފަ އެވެ.
ދައްކާ ވާހަކައާއި އަމަލާ ދިމާނުވާ ތަނެއް ނުފެންނާނެ" ކަމަށް ބުނެ، ހުސްގޮނޑިއެއް ކުރިމަތީގައި ހުރެ ދެއްކެވި ހޫނު ވާހަކަތަކުގެ ރާގު، ވެރިކަމުގެ ބާރުތައް ލިބުމާއެކު މުޅިން ބަދަލުވެ، ޔާމީންގެ ވެރިކަމަކީ "ކޮރަޕްޝަނާއި އަނިޔާވެރިކަމުގެ" ވެރިކަމެއް ކަމަށް މިއަދު އެއްބަސްވުމަކީ ސިޔާސީ ހަގީގަތް ބަދަލުވެގެންދާ ދިއުމަކީ ހިތި ހަގީގަތެވެ.
އިއްޔެ މުއިއްޒު އެ ދެއްކެވި ހުރިހާ ވާހަކަތަކަކީ ހަމައެކަނި ވޯޓު ހޯދަން ދެއްކެވި ވާހަކަތަކަކަށް މިވަނީ ވެފަ އެވެ.
މުއިއްޒުގެ ވާހަކަ ބަދަލުވުން؛ މިހާރު އަނިޔާވެރިކަމާއި ކޮރަޕްޝަނުގެ ތުހުމަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ