"އަދަދު" ނޫހުގެ ވީޑިއޯ ޑޮކިއުމެންޓްރީގެ ވާހަކަ ދެއްކުން މަނާކޮށް ކޯޓުން ނެރެފައިވާ ގެގް އަމުރު އިސްތިއުނާފް ކުރަން އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.
ފިޔާޒުގެ ފަރާތުން އަމުރު އިސްތިއުނާފު ކުރަން ކޯޓަށް ދިޔައީ އެ އަމުރު ބާތިލުކުރަން އެދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހުށަހެޅި މައްސަލަ ބަލައިނުގަންނަން ހައި ކޯޓުގެ ރަޖިސްޓްރާ ނިންމަވާފައި ވަނިކޮށެވެ.
ފިޔާޒު ހުށަހެޅި އިސްތިއުނާފު ބަލައިގަނެ، މައްސަލަ މިހާރު ވަނީ ކޯޓުގައި ރަޖިސްޓްރީކޮށްފަ އެވެ.
އެމްޖޭއޭ އިން ހުށަހެޅި މައްސަލަ ބަލައިނުގަންނަން ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމުމުގައި ވަނީ އެމްޖޭއޭއަކީ އެ އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ފަރާތަކަށް ނުވާތީ އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ހައްގު އެ ޖަމިއްޔާ އަށް ނެތް ކަމަށެވެ. އެ ނިންމުމުގައިވާ ގޮތުން އެ އަމުރު އިސްތިއުނާފު ކުރެވޭނީ ފިޔާޒު ނުވަތަ އަދަދުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދަށެވެ.
އެ ނިންމުން ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އެމްޖޭއޭގެ ފަރާތުން މިހާރު ވަނީ ހުށަހަޅައިފަ އެވެ.
The most trusted news source in the Maldives
ކްރިމިނަލް ކޯޓުން އެގޮތަށް އަމުރު ނެރުނީ ފިޔާޒާއ ހަސަންގެ މައްޗަށް ގަޒުފް ކުރުމުގެ ދައުވާ އުފުލައި، އެފަދަ އަމުރެއް ނެރެދޭން ދައުލަތުން އެދުމުންނެވެ.
އާންމުކޮށް އެންމެންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި އަންގާފައިވާ ކަންކަން:
- "އަދަދު" ނޫހުގެ ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށް
- ޑޮކިއުމެންޓްރީގައިވާ ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ނުދެއްކުން
- ޑޮކިއުމެންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުން
- މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުންހުރި މައުލޫމާތުތައް ނުފެތުރުން.
އެއިން ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށް ވެސް އަމުރުގައި ބަޔާންކޮށްފައިވެ އެވެ.
ކްރިމިނަލް ކޯޓުގެ އަމުރު އިސްތިއުނާފަށް ހުށަހެޅިއިރު އެ އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި "އަދަދު" ގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނަސީރު ޖަލަށްލާން އެ ކޯޓުން ކުރިން ހުކުމްކޮށްފައިވެ އެވެ.
އެކަން ކުށްވެރިކޮށް، އެމްޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރުގެ ސަބަބުން ނޫސްވެރިންނަށް ޚަބަރު ފެތުރުމަށް ހުރަސްއެޅި، މައުލޫމާތު ހޯދައި ލިބިގަތުމަށް ރައްޔިތުންނަށް ލިބިގެންވާ ހައްގުން މަހުރޫމުވެފައިވާ ކަމަށެވެ.
ގެގް އަމުރު ބާތިލުކުރަން ފިޔާޒު ހުށަހެޅި މައްސަލަ ބަލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ