ކުރީގެ ރައީސް ޔާމިން އުފައްދަވަން އުޅޭ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)، އިލެކްޝަންސް ކޮމިޝަނުން ރަޖިސްޓްރީ ނުކޮށްދޭ މައްސަލައިގައި އެ ކޮމިޝަންގެ މެމްބަރުން މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވައިގެން ނަމަވެސް އެ ޕާޓީ ރަޖިސްޓްރީ ކޮށްދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވިއްޖެއެވެ.
ކުނޫޒުގައި މިރޭ ބޭއްވި ރަސްމީއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ޕީއެސްސީ ރަޖީސްޓްރީކޮށް ނުދީ ހިފަހައްޓައިގެން ނުވާނެ ކަމަށެވެ. އަދި ޒާތީވެ އެގޮތަށް އެ ޕާޓީ ރަޖިސްޓްރީ ނުކޮށްދޭނަމަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ހާޒިރު ކޮށްގެން ވިޔަސް ޕީއެންސީ ރަޖިސްޓްރީ ކުރާނެ ކަމަށެވެ. އެގޮތުން 24 ގަޑިއިރު މަޖިލީސް ހުޅުވައިގެން އެ މަސައްކަތް ކުރަން ޖެހުނަސް އެކަން ކުރާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
އީސީގެ މެމްބަރުން މަޖިލީހަށް ހާޒިރު ކޮށްގެން ނަމަވެސް ޕީއެންސީ ރަޖިސްޓްރީ ކޮށްދޭނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ