މާވަށު ދާއިރާގެ ވޯޓުފޮށި އަލުން ގުނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. މާވަށު ދާއިރާގެ 69 ފޮށްޓެއްގެ ސިޓީއުރަ ކަނޑައި ވޯޓުކަރުދާސް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ..
އިލެކްޝަންސް ކޮމިޝަނުން ދެންމެ ވިދާޅުވީ މާމިގިލީ ދާއިރާގެ އެއް ފޮށި، މަޑުއްވަރީ ދާއިރާގެ ހަތަރު ފޮށި އަދި މާވަށު ދާއިރާގެ 69 ފޮއްޓެއްގެ ވޯޓް ފޮށީގެ ސެކިއުރިޓީ އުރަ ކަނޑައި، ވޯޓް ކަރުދާސްތައް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން މިދާއިރާތައް ކާމިޔާބު ކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މި ތިން ދާއިރާގެ ވޯޓުތައް ގުނާނީ އިންތިޚާބާ ބެހޭ މައި މަރުކަޒުގައި މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ.
މާވަށު ދާއިރާގައި ބެހެއްޓި 96 ވޯޓު ފޮށީގެ ތެރެއިން 69 ފޮއްޓެއް ގުނައިދޭން އަލުން ހުށަހެޅީ ސައީދާއި ވާދަ ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމްގެ ފަލާހުގެ ފަރާތުންނެވެ.
ކުއްލިޚަބަރު: މާވަށު ދާއިރާގެ ވޯޓުފޮށި އަލުން ގުނަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ