ޗެޓްޖީޕީޓީއަށް ރިކޯޑް މޯޑާއި ކަނެކްޓާސް ފީޗާ ތަޢާރަފުކޮށްފި
އޯޕަންއޭއައިއިން ޗެޓްޖީޕީޓީއަށް ރިކޯޑް މޯޑާއި ކަނެކްޓާސް ފީޗާ ތަޢާރަފުކޮށްފިއެވެ. އެ ގޮތުން، މެކްއޯއެސްގައި ބޭނުންކުރެވޭ ޗެޓްޖީޕީޓީ އެޕްގައި މީޓިންތައް ރިކޯޑްކޮށް ޓްރާންސްކްރައިބްކޮށްދޭ "ރިކޯޑް މޯޑް" އަދި ޖީމެއިލް، އައުޓްލުކްއާއި ގޫގުލް ޑްރައިވް ފަދަ ސާވިސްތަކާ ގުޅުވައިދޭ "ކަނެކްޓާސް" މި ދެ ފީޗާ ބުދަ ދުވަހު ތަޢާރަފުކޮށްފައިވެއެވެ. ރެކޯޑް މޯޑް: މީޓިންތައް ރިކޯޑްކޮށް ޓްރާންސްކްރައިބްކޮށްދޭ ފީޗާ ރިކޯޑް މޯޑަކީ މެކްއޯއެސް ޑެސްކްޓޮޕް އެޕްގައި ލިބެން ހުންނާނެ އާ ފީޗާއެކެވެ. މި ފީޗާ މެދުވެރިކޮށް ޔޫޒަރުންނަށް މީޓިންތަކާއި، ބްރެއިންސްޓޯމިން ސެޝަންތައް އަދި އަޑު ނޯޓްތައް ރިކޯޑްކޮށް، އެ ރެކޯޑިންތައް ޓްރާންސްކްރައިބްކޮށް، މައިގަނޑު ޑިސްކަޝަން ޕޮއިންޓްތައް ސަމަރައިޒްކޮށްދޭނެއެވެ. އޯޕަންއޭއައިގެ އެކްސް އެކައުންޓުން ޕޯސްޓްކޮށްފައިވާ ޕޯސްޓްތަކެއްގައި މި އާ ފީޗާތަކުގެ މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ. މި ބިޒްނަސްއަށް އަމާޒުކޮށްފައިވާ ފީޗާތައް ޑެމޮންސްޓްރޭޓްކުރުމަށް ޔޫޓިއުބްގައި ލައިވް ސްޓްރީމްއެއް ވެސް ބާއްވާފައިވެއެވެ. ރިކޯޑް މޯޑް ލިބޭނީ ޓީމް ސަބްސްކްރައިބަރުންނަށް އެކަނިކަން ފާހަގަކުރެވެއެވެ. އަދި، ޗެޓްޖީޕީޓީގެ މެކްއޯއެސް ޑެސްކްޓޮޕް އެޕްގައި ކޮންމެ ޗެޓެއްގައި ވެސް ތިރީގައި ހުންނަ ރިކޯޑް ބަޓަންއަށް ފިތައިގެން ރިކޯޑް މޯޑް އެކްޓިވޭޓްކުރެވޭނެއެވެ. މައިކްރޮފޯން ބޭނުންކުރުމުގެ ހުއްދަ ދިނުމުން، ޗެޓްބޮޓް މީޓިން ރިކޯޑްކުރަން ފަށާނެއެވެ. ކޮންމެ ސެޝަނެއްގައި 120 މިނެޓަށް ވުރެ ދިގުނޫން މުއްދަތަކަށް ރިކޯޑްކުރެވޭނެއެވެ. ރިކޯޑިން ނިމުމުން ޗެޓްޖީޕީޓީން އެޑިޓްކުރެވޭ ސަމަރީއެއް ދޭނެއެވެ. އަދި، ޔޫޒަރުންނަށް ކުރީގެ މީޓިންތައް ސާޗްކުރެވޭނެއެވެ. މީގެ އިތުރުން، މީޓިންތަކުގެ ޓްރާންސްކްރިޕްޓް ޔޫޒަރުގެ ޗެޓް ހިސްޓްރީގައި ކެންވަސްއެއްގެ ގޮތުގައި ސޭވްވާނެއެވެ. މި ޓްރާންސްކްރިޕްޓް އީމެއިލް، ޕްރޮޖެކްޓް ޕްލޭން ނުވަތަ ކޯޑް ސްކެފޯލްޑްގެ ގޮތުގައި ބަދަލުކުރުމުގެ އިޚްތިޔާރުވެސް ޔޫޒަރުންނަށް ލިބިގެންވެއެވެ. ކަނެކްޓާސް: އިންޓާނަލް ޑޭޓާ ސޯސްތަކާ ގުޅުވައިދޭ ޓޫލް އޯޕަންއޭއައިއިން ތަޢާރަފުކުރި ދެވަނަ ފީޗާއަކީ ކަނެކްޓާސްއެވެ. މިއީ ޗެޓްޖީޕީޓީ ތާޑް ޕާޓީ އިންޓާނަލް ޑޭޓާ ސޯސްތަކާ ގުޅުވައިދީ، ރިއަލް-ޓައިމްގައި މަޢުލޫމާތު ހޯދައިދޭ ޓޫލެކެވެ. މި ފީޗާ މެދުވެރިކޮށް ޗެޓްޖީޕީޓީ އައުޓްލުކްއާއި، ޓީމްސް، އަދި ގޫގުލް ޑްރައިވްއާއި، ޖީމެއިލް، ލިނިއާ ފަދަ ސާވިސްތަކާ ގުޅުވައިދޭނެއެވެ. އަދި ޓީމް، އެންޓަޕްރައިޒްއާއި އެޑިޔު ސަބްސްކްރައިބަރުންނަށް ޝެއާޕޮއިންޓް، ޑްރޮޕްބޮކްސް އަދި ބޮކްސްއާ ވެސް ގުޅުވައިދޭނެއެވެ. ކަނެކްޓާސް ފީޗާ މަސައްކަތްކުރާނީ ޑީޕް ރިސާޗް ބޭނުންކުރާއިރު އެކަނިކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، ވޯކްސްޕޭސް އެޑްމިންސްއަށް މޮޑެލް ކޮންޓެކްސްޓް ޕްރޮޓޮކޯލް (އެމްސީޕީ) ބޭނުންކޮށްގެން ކަސްޓަމް ޑީޕް ރިސާޗް ކަނެކްޓާސް ބިލްޑްކުރުމުގެ ފުރުޞަތު ވެސް ލިބޭނެއެވެ. ނަމަވެސް، މި ފީޗާ މި ވަގުތު ލިބެން ހުންނާނީ ބީޓާ ވާޝަންގައެވެ. ބިޒްނަސްއަށް އަމާޒުކޮށްފައިވާ ފީޗާތައް އޯޕަންއޭއައިއިން ތަޢާރަފުކޮށްފައިވާ މި ދެ ފީޗާއަކީ ވެސް ބިޒްނަސްއަށް އަމާޒުކޮށްފައިވާ ފީޗާތަކެކެވެ. އަދި، ދެ ފީޗާވެސް ލިބޭނީ ޕެއިޑް ސަބްސްކްރައިބަރުންނަށެވެ. ރިކޯޑް މޯޑް ލިބޭނީ ޓީމް ސަބްސްކްރައިބަރުންނަށް އެކަނި ކަމުގައިވިޔަސް، ކަނެކްޓާސް ފީޗާ ލިބޭނީ ހުރިހާ ޕެއިޑް ސަބްސްކްރައިބަރުންނަށެވެ. މި އާ ފީޗާތަކަކީ ޚާއްޞަކޮށް ބިޒްނަސް ބޭނުންތަކަށް އަމާޒުކޮށްފައިވާ ފީޗާތަކެއް ކަމަށްވާއިރު، ޗެޓްޖީޕީޓީގެ ޕްރޮޑަކްޓިވިޓީ ފީޗާތައް އިތުރަށް ފުޅާކުރުމަށް އޯޕަންއޭއައިއިން ކުރަމުން އަންނަ މަސައްކަތުގެ ބައެއްކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ