ތިމާވެށީގެ ދުވަސް ފާހަގަކުރަން މި މަހު ގިނަ ހަރަކާތްތަކެއް

ތިމާވެށީގެ ދުވަހާ ގުޅިގެން މި މަހުގެ ނިޔަލަށް ހަރަކާތްތައް ބޭއްވުމަށް ނިންމާފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު ބުނެފިއެވެ. އެ މިނިސްޓްރީން ހާމަކުރި ގޮތުން، މި އަހަރުގެ ތިމާވެށީގެ ދުވަސް ކަމަށްވާ އިއްޔެ ހަރަކާތްތަކެއް ބާއްވާފައިވެއެވެ. އެގޮތުން: އުހުލިހާ: ކުޑަކުދިންނާ އެކު ވަޒީރު (އިއްޔެ ބާއްވާފައި) އީދު ޕްރޮގްރާމް (އިއްޔެ ބާއްވާފައި) ޕީއެސްއެމް ޕޮޑްކާސްޓް (އިއްޔެ ބާއްވާފައި) މެރިން ލިޓާ ކްލީން އަޕް ހުޅުމާލޭގައި އިއްޔެ ފަށާފައިވާއިރު، ނިމޭނީ މި މަހު 15ގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން ގަސް އިންދުމުގެ ހަރަކާތްތައް މި މަހު ތެރޭ ބޭއްވުން ލާމު އަތޮޅުގައި މި މަހު 27ގައި ބިޔޯންޑް ޕްލާސްޓިކް ފެސްޓިވަލެއް މި މަހު 28ގައި އުޖާލާ ލާމާއި އިތުރު ދެ ހަރަކާތަކާއި ތިމާވެށީގެ ދުވަހު ޖަލްސާ އޮންނާނެ https://x.com/MoTmv/status/1930573697754320982 'އަވާ ޕްލެނެޓް އެކްޝަން މަންތް'ގެ ނަމުގައި ކުރިއަށްދާ މި ޙަރަކާތްތަކުގެ މަގުޞަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތްކުރުމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، މުޖުތަމަޢުގެ ހުރިހާ ފަރުދުންގެ ބައިވެރިވުން އިތުރުކުރުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މި ޕްރޮގްރާމުތަކުގައި ސުކޫލުތައް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުތައް ހިމެނޭއިރު، މި ޙަރަކާތްތަކުގައި ބައިވެރިވުމަށް ހުރިހާ އެންމެންނަށް ވެސް މިނިސްޓްރީން ވަނީ ފުރުސަތު ހުޅުވާލާފައެވެ. ދުނިޔޭގެ ތިމާވެށީގެ ދުވަހަކީ ޖޫން ފަސްވަނަ ދުވަސް ކަމަށްވާއިރު، އެ ދުވަސް ފާހަގަކުރުމަށް ހަރަކާތްތައް ބާއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ