ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމުގެ ބޮޑުވަޒީރު އަދި ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާންއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުމުގައި ޕްރިންސް މުހައްމަދު އާއި ރައީސް މުއިއްޒު އީދުގެ ސަލާން ބަދަލުކުރެއްވި އެވެ. އަދި ދެ ގައުމުގެ ގުޅުންތައް ވަރުގަދަ ކުރެއްވުމަށް މަޝްވަރާ ކުރެއްވި ކަމަށް ސައުދީ ސަރުކާރުން ހާމަކޮށްފައި ވެ އެވެ.
ދެ ގައުމުގެ އިސްވެރިންގެ މި ބައްދަލުވުމާ ގުޅޭ އެއްވެސް މައުލޫމާތެއް ދިވެހި ސަރުކާރުން އަދި ހާމަކޮށްފައި ނުވެ އެވެ.
ދެ ގައުމުގެ ވަޒީރުން ފަންތީގެ ވަފުދެއް މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވި އެވެ. އެގޮތުން ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަދި ސްޕޯޓްސް މިނިސްޓަރު ޑރ. އަބްދުالله ރާފިއު ބައިވެރިވި އެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ގޮސް ތިބި އެކި ގައުމުތަކުގެ އިސްވެރިންނަށް ބޭއްވި ރިސެޕްޝަންގައި ވެސް ކްރައުން ޕްރިންސް އާއެކު ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް މުއިއްޒު، ސައުދީގެ ޕްރިންސް މުހައްމަދު ބިން ސަލްމާންއާ ބައްދަލުކުރައްވައިފި ރައީސް މުއިއްޒު، ސައުދީގެ ޕްރިންސް މުހައްމަދު ބިން ސަލްމާންއާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ