ލިވަޕޫލް ދޫކޮށްލިޔަސް އާނޯލްޑަށް ވެން ޑައިކްގެ އިހުތިރާމް ލިވަޕޫލް ދޫކޮށްލިޔަސް އާނޯލްޑަށް ވެން ޑައިކްގެ އިހުތިރާމް

ލިވަޕޫލް (އޭޕްރީލް 22) - ލިވަޕޫލްގެ ޑިފެންޑަރު ޓްރެންޓް އެލެކްސެންޑަ އާނޯލްޑް މި ސީޒަނަށް ފަހު އެ ކްލަބް ދޫކޮށްލަން ނިންމި ނަމަވެސް އޭނާ އަށް އިހުތިރާމް ކުރާނެ ކަމަށާއި، އަދި ހަނދާނުގައި ހުންނާނީ އާނޯލްޑްގެ ރަނގަޅު ކަންކަން ކަމަށް ކެޕްޓަން ވާޖިލް ވެން ޑައިކް ބުނެފި އެވެ.
ލިވަޕޫލާއެކު އާނޯލްޑް ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. އޭނާ ހޯދުމަށް ރެއާލުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު، އޭނާގެ ކުރިމަގާ ބެހޭ ގޮތުން ލިވަޕޫލުން އަދި އާނޯލްޑް ވެސް މިހާތަނަށް ރަސްމީކޮށް ވަކި އެއްޗެއް ހާމަ އެއް ނުކުރެ އެވެ.
"އަހަރެން ލިވަޕޫލާ ގުޅުނު ހިސާބުން ފެށިގެން ވެސް އާނޯލްޑް އަކީ މޮޅު ކުޅުންތެރިއެއް. ފަހަރުގައި ކްލަބް ދޫކޮށްލަން އާނޯލްޑް ނިންމި ކަމުގައި ވިޔަސް އަހަރެން އަބަދުވެސް ހަނދާން ހުންނާނީ އޭނާ ކުރި ރަނގަޅު ކަންކަން" ވެން ޑައިކް ބުންޏެވެ.
މީގެ ފަސް އަހަރު ކުރިން ލިވަޕޫލާ ގުޅުނު ވެން ޑައިކް ބުނީ އާނޯލްޑަކީ ލިވަޕޫލަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި، އޭނާ ކްލަބުގައި މަޑުކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
އާނޯލްޑް ވަނީ މި ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ފަހު ވަގުތު ލެސްޓަ ސިޓީ ކޮޅަށް ގޯލަށް ވަދެ 1-0 ގެ ނަތީޖާ އަކުން އެ ޓީމު މޮޅުކޮށްދީފަ އެވެ.
ވެން ޑައިކް ބުނީ އާނޯލްޑް ކްލަބުގައި މަޑުކުރަން ކުޅުންތެރިން ބޭނުންވާ ކަމަށެވެ.
"އާނޯލްޑް މިހާރު ވެސް ހުރީ ވަރަށް ޕްރެޝަރުގައި އިތުރު ޕްރެޝަރެއް ދޭން އަހަރެން ބޭނުމެއް ނޫން" ވެން ޑައިކް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ