މާޅެންދޫ އަދި ހެނބަދޫ ބައްދަލުކުރި މެޗު، މާޅެންދޫން ކާމިޔާބުކޮށްފި!
ކުއާޒޯ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2025ގެ މިއަދު ހަވީރު މެޗްގައި ބައްދަލުކޮށްފައިވަނީ ގްރޫޕް ބީގެ ދެ ޓީމު ކަމުގައިވާ މާޅެންދޫ އެފްޓީ އަދި ހެނބަދޫ އެފްޓީއެވެ. މި މެޗަށް ހެނބަދޫން ނިކުތް އިރު އެ ޓީމުގެ ފުރަތަމަ މެޗް މާފަރާ ވާދަކޮށް 1-1ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފައެވެ. އަދި މާޅެންދޫން މަނަދޫއާ ވާދަކުރި މެޗް ވަނީ 1-0ގެ ނަތީޖާ އަކުން މާޅެންދޫ މޮޅުވެފައެވެ. ފުރަތަމަ ހާފް ފެށިގެން 48ވަނަ ސިކުންތުގައި މާޅެންދޫ ޓީމުން ވަނީ ގޯލެއް ޖަހައި މެޗުގެ ކުރީކޮޅު ލީޑެއް ނަގާފައެވެ. މި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ ރާއްޖޭގެ ގައުމީ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)އެވެ. ފުރަތަމަ ހާފުގައި މާޅެންދޫއަށް ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް އިތުރު ގޯލެއް ކާމިޔާބެއް ނުކުރެވެއެވެ. އަދި ފުރަތަމަ ހާފްގައި މަނަދޫއަށް ވެސް ގޯލެއް ކާމިޔާބެއް ނުކުރެވެއެވެ. ދެވަނަ ހާފު ފެށިގެން 47ވަނަ މިނެޓްގައި މާޅެންދޫން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ލީޑް ފުޅާކޮށްފައެވެ. މި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް އެ ޓީމްގެ ޖާޒީ ނަންބަރު 17 އިބްރާހިމް ޒަޔާންއެވެ. އަދި ދެވަނަ ހާފްގެ އިތުރު ވަގުތުގައި މާޅެންދޫން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށްފައެވެ. މި ގޯލް އަކީ ހެނބަދޫ ކުޅުންތެރިއެއްގެ ފައިގައި ޖެހި ބައިކޮޅަށް ވަތް ގޯލެކެވެ. ދެވަނަ ހާފްގައި ދެޓީމަށް ވެސް ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވެއެވެ. މެޗް ނިމުނު އިރު މާޅެންދޫން ތިން ގޯލް ޖެހި ނަމަވެސް، ހެންބަދޫއަށް ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާޅެންދޫ އެސްސީގެ ޖާޒީ ނަންބަރ 8 އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)އެވެ. އިއްބެ ވަނީ މާޅެންދޫ ކުޅުން ފުރަތަމަ މެޗްގައި ވެސް އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދާފައެވެ. މި މުބާރާތުގެ އަށްވަނަ މެޗް މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު އެ މެޗްގައި ވާދަކުރާނީ ގްރޫޕް ބީގެ ދެ ޓީމް ކަމުގައިވާ މާފަރު އެފްސީ އަދި މަނަދޫ އެސްސީއެވެ. މުބާރާތުގެ ހުރިހާ މެޗެއްވެސް އެސްއެސް ޓީވީގެ ފޭސްބުކް އަދި ޔޫޓިއުބުން ލައިވްކުރާނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ