ރާއްޖޭގެ ކޯޓެއްގައި ފުރަތަމަ ފަހަރަށް ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް ހުށަހެޅުމުގެ ފުރުސަތު ދީފި އެވެ.
އެނގުން މުހިންމު - ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓަކީ ކުށެއްގެ ސަބަބުން ތަހައްމަލު ކުރަން ޖެހުނު ނަފްސާނީ އަދި ޖިސްމާނީ އަނިޔާ އާއި މައްސަލައިގެ ހާދިސާގެ ސަބަބުން ދިރިއުޅުމަށް ކުރި އަސަރު ކޯޓުގައި ބަޔާންކުރުމަށް މައްސަލާގައި އަނިޔާގެ ޝިކާރައަށްވީ ފަރާތުން ކޯޓުގައި ހުށަހަޅާ ބަޔާނެވެ.
ވީކިހިނެއް؟ - ހުޅުމާލެ މެޖިސްޓްރޭޓުން ކޯޓުން 54 އަހަރަށް ދިވެހި ފިރިހެނަކު ޖަލަށް ލުމަށް ހުކުމްކުރީ، ކުޑަކުއްޖެއްގެ އުމުރުން 8 އަހަރުން ފެށިގެން 18 އަހަރު ވަންދެން އެކި ފަހަރު މަތިން އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައެއްގަ އެވެ.
ތަފްސީލް - ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އެކަމާ ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، އެ މައްސަލާގައި ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް ހުށަހެޅުމަށް ހުޅުމާލެ ކޯޓުން ފުރުސަތު ދިން ކަމަށެވެ. އެގޮތުން:
އަނިޔާ ލިބުނު ކުއްޖާ ޕީޖީ އޮފީސް މެދުވެރިކޮށް ކޯޓަށް ބަޔާން ހުށަހަޅައި ހާދިސާގެ ސަބަބުން ކުއްޖާގެ ދިރިއުޅުމަށް ހުރި އަސަރު ވަރަށް އަސަރާ އެކު ބަޔާންކޮށްދީފައި
މި ބަޔާން ކޯޓުގައި އިއްވައިދެއްވީ ޕަބްލިކް ޕްރޮސެކިއުޓަރު، ޕީޖީ އޮފީހުގެ ވަކީލު އަލްމާސް މުބާރިކް
މި މައްސަލާގައި ކުށް ސާބިތުވުމަށް ފަހު އަދަބު ކަނޑައެޅުމުގެ ކުރިން އަނިޔާ ލިބުނު ކުއްޖާއަށް ކޯޓުގައި އެ ކުއްޖާގެ ބަސް އިއްވުމުގެ ފުރުސަތު ލިބިދިނުމަށް ޕީޖީން ކޯޓުގައި އެދުމުން، ކޯޓުން އެ ފުރުސަތު ދިނީތީ ޕީޖީ އޮފީހުން ވަނީ މަރުހަބާ ކިޔައިފަ އެވެ.
"މި އޮފީހުން މިގެންދަނީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ވިކްޓިމުންނަށް އޮތް ފުރުސަތުތައް އިތުރަށް ފަހިކޮށްދީ، ވިކްޓިމް-ސެންޓާޑް ނިޒާމަކަށް މިސްރާބު ޖަހަމުންނެވެ،" ޕީޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.
ވިކްޓިމަށް ކުރި އަސަރުގެ ބަޔާން ކޯޓުގައި ހުށަހަޅަން ފުރަތަމަ ފަހަރަށް ފުރުސަތު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ