ކުރީގެ ޕީޖީ ޝަމީމް މަރާލަން އުޅުމުގެ ދައުވާ އުފުލި މީހުން ސަލާމަތްވެއްޖެ
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް މަރުތޭލަކުން ހަމަލާދިން މައްސަލައިގައި ދައުވާ އުފުލި ހަތް މީހުންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ ހަފްތާގެ ހޯމަ ދުވަހު ހުކުމްކޮށްފި އެވެ.ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތް މީހުންގެ މައްސަލަ ތަހުގީގު ނިންމާ ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފުލުހުން ހުށަހަޅާފައިވަނީ އޮގަސްޓު 18، 2024 ގައެވެ. އެ މައްސަލައާ ގުޅުވައި ޕީޖީ އޮފީހުން ވަނީ ހައްޔަރުކޮށްފައިވާ ހަތް މީހުން މައްޗަށް ދައުވާކޮށް، އޮގަސްޓު 22، 2024ގައި ކޯޓަށް ހުށަހަޅާފައެވެ.މި މައްސަލައިގައި ހައްޔަރުކުރި ހަތް މީހުންނަކީ:ޝަމާލް ހުސައިން (21އ)، މުސްތަރީގެ، ތ. ގާދިއްފުށިޒަޔާން ނަސީރު (23އ)، ކެމީހިޔާ، އދ. މާމިނގިލިއަބާން އަބްދުލްހައްނާން (23އ)، ރުވާ، ތ. ދިޔަމިގިލިރަޖުވާން ލަތީފު (22އ)، މުރިނގު، ލ. މާމެންދޫމިދުހަތު އާދަމް (24އ)، ރިވެލި، ރ. އަލިފުށިމުހައްމަދު ޖަޒްލާން (22އ) ތުނޑި، ޖަވާހިރުވިލާ، ލ. ގަންއަހުމަދު މައިސާން ހާޝިމް (20އ) ދަފުތަރު ނަންބަރު ދރ. 2247، ކ. މާލެޕީޖީ އޮފީހުން ވަނީ އެ ހަތް މީހުންގެ މައްޗަށް ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރަން އުޅުނުކަމުގެ ދައުވާކޮށްފައެވެކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ހާދިސާ ހިނގި ވަގުތާއި، ހުށަހަޅާފައިވާ އެކި ފުޓޭޖުތަކުގެ ގަޑިއާ ފަރަގު ހުރުމުން ދައުލަތުން ޝަރީއަތަށް އެ ސަބަބު ސާފުކޮށްދޭންޖެހޭ ކަމަށެވެ. އަދި، ފުޓޭޖްތަކުގެ ގަޑި ތަފާތުކޮށް ހުރުމުގެ ސަބަބުން އެންމެ މުހިންމު ހެއްކާ މެދު ޝައްކު އުފެދޭ ކަމަށް ހުކުމުގައިވެއެވެ. އެއީ، އެ ހެކީގެ ބުރަދަން ދަށްވުން ކަމަށް ވެސް ބުނެފައިވެއެވެ."ދައުލަތުގެ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުގައި ހުރި މީހަކަށް ހަމަލާދީ އޭނާ މަރާލަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ އެންމެ އަސާސީ ހެކީގެ ކްރެޑިބިލިޓީއާ މެދު ސުވާލު އުފެދިދާނެ ކަމެއް ތަހުގީގު މަރުހަލާ އަދި ޕްރޮސިކިއުޝަން މަރުހަލާގައި އައިޑެންޓިފައިވެ އެ ކަމަށް އެޑްރެސްނުކުރުމަކީ މި ދައުވާ ސާބިތުނުވާކަމަށް ކަނޑައަޅަންޖެހުނު މައިގަނޑު ސަބަބު،" ހުކުމުގައި ބުނެފައިވެއެވެ.ދައުވާ އުފުލި މީހުންގެ ތެރެއިން މިދުހަތުގެ މައްޗަށް ދައުވާކުރީ ޝަމީމަށް ހަމަލާދިން ކަމަށް ބުނެ އެވެ. އަދި ޖަޒްލާންގެ މައްޗަށް ދައުވާކުރަނީ މިދުހަތު ގޮވައިގެން ސައިކަލުގައި ގޮސްފައިވާތީ ކަމަށް ބުނެ އެވެ. އަދި މައިސާންގެ މައްޗަށް ދައުވާކުރީ ހަމަލާދިން މީހުން ބޭނުންކުރަން ސައިކަލެއް ހޯދައިދިން ކަމަށް ބުނެ އެވެ.ބާކީ ތިބި ހަތަރު މީހުންގެ މައްޗަށް ދައުވާކުރީ އެ ހަމަލާ ރޭވުމާއި އަދި ހަމަލާދިން ވަގުތު އެ ސަރަހައްދުގައި އޮތް ކާރެއްގައި މަޑުކޮށްގެން ތިބުމަށް ފަހު އެ ސަރަހައްދުން ގޮސްފައިވާ ކަމަށް ބުނެ އެވެ.މި ހާދިސާ ހިނގައިފައިވަނީ ޖަނަވަރީ 31، 2024 ވަނަ ދުވަހުގެ ހެނދުނު 07:42 ހާއިރެވެ. އެ ވަގުތު މީހަކު ސައިކަލެއްގައި ގޮސް މަގުމަތީގައި ޝަމީމް ހުއްޓައި، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން އޭނާގެ ބޮލަށް ހަމަލާދޭން ވަނީ މަސައްކަތްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ