އައިޖީއެމްއެޗް ކައިރިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފި

އައިޖީއެމްއެޗް ކައިރީގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދީފިއެވެ.
ފުލުހުން ވިދާޅުވީ، މާލޭ ކަނބާއައިސާ ރަނިހިނގުން އައިޖީއެމްއެޗް ކައިރީ ހުރި މީހަކަށް ސައިކަލެއްގައި އައި 2 މީހަކު ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް މިރޭ 08:41 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
މި ހަމަލާގައި އަނިޔާވި މީހާ އައިޖީއެމްއެޗްއަށް ގެންގޮސް އަންނަނީ ފަރުވާ ދެމުންނެވެ. ނަމަވެސް މި މައްސަލައިގެ އިތުރު ތަފްޞީލެއް ފުލުހުން އަދި ހާމަކުރައްވާފައެއްނުވެއެވެ.
މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ