ގއ. އަތޮޅު ހޮސްޕިޓަލުން މާބަނޑު މީހަކަށް ފަރުވާ ނުލިބި ގިނަ އިރުތަކެއްވެ މަންމަ އާއި ތުއްތު ދަރިފުޅު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ ގއ ވިލިނގިލީ ޒަމާނީވިލާ ޝިއުނާ ތައުފީގާއި ޝިއުނާ ވިހެއި އޭނަގެ 3 ވަނަ ދަރިފުޅެވެ.
މައުލޫމާތު ލިބޭ ގޮތުގައި އިއްޔެ ހެނދުނު 09:00 ގައި ޝިއުނާގެ ދަރިފުޅު ނެގުމަށް ހެދި ސިޒޭރިއަށް އަށް ފަހު ހޭނާރައިގެން މަންމައާއި އަދި ދަރިފުޅުވެސް ވެންޓިލޭޓަރ އަށް ލީއެވެ. ސިޒޭރިއަން ހެދިއިރު ޝިއުނާ ވަރަށްބޮޑަށް އަރިދަފުސް ރޯގާ ޖެހިފައިވާ ކަަމަށް ރަށުން ވާހަކަދެއްކި މީހަކު މި ނޫހަށް މައުލޫމާތު ދީފައިވެއެވެ.
ހެނދުނު ހިނގި މިޙާދިސާއަށް ފަހު އިތުރު ފަރުވާއަށް ޝިއުނާ މާލެ ގެންދެވޭނެ ގޮތް ނުވެ ލަސްވުމާއި ގުޅިގެން އިއްޔެ ހަވީރުން ފެށިގެން އެރަށުގެ ގިނަ ބަޔަކު ވަނީ ހޮސްޕިޓަލް ދޮށަށް އެއްވެ އަޑުގަދަކޮށް އެކަމާއި ނުރުހުން ފާޅުކޮށްފައެވެ.
އެންމެފަހުން ރޭ 23:00 ގައި އެއަރ އެމްބިއުލަންސް ގައި ދެމައިން މާލެ ފޮނުވަން ކުއްޑޫއަށް ގެންދިޔަ ތަނާ 23:23 ގައި ޝިއުނާ ވަނީ ނިޔާވެފައެވެ. އަދި ދަރިފުޅު މާލެގެންދިޔަ ނަމަވެސް ރޭ ފަތިހު ދަރިފުޅު ވެސް ވަނީ ނިޔާވެފައެވެ.
“އެއަރ އެމްބިއުލަންސް ގައި މަންމައާއި ދަރިފުޅަށް ބޭނުންވާ ވަރަށް އޮކްސިޖަން ނެތުމުން ބަލިމީހާ ގޮވައިގެން ނުފުރި ލަސްވުމުގެ ސަބަބުން މަންމައާއި ދަރިފުޅު މި ދުނިޔެ އާއި ވަކިވެގެން ދާންޖެހުމަކީ ވިލިނގިލީ ރައްޔިތުންނާއި އާއިލާއަށް ލިބިގެންދިޔަ ކެތްކުރަން ދަތި ހިތާމަ އެއް. އާއިލާ އަށް ކެތްތެރިކަން ދެއްވާ މަރުހޫމާ ޝިއުނާއާއި ތުއްތު ފުރާނަ ކޮޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށި ” މި ހާދިސާ އާއި ގުޅިގެން ވިލިނގިލީ ކައުންސިލް މެމްބަރ ޝީބާ އޭނަގެ ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެއެވެ.
ގއ. އަތޮޅުން މިހާތަނަށް 137 ކޭސް ޕޮޒިޓިވް – އަސްމާ މަގުބޫލު ލިޔުންތައް ނިލަންދޫ ފެނަކަ މެނޭޖަރަށް ބޮޑު ތުހުމަތެއް ކޮށް މީހަކު އޭނާގެ އަނބިމީހާ ވަރިކޮށްފި ބްރޯޑްކޮމް އަށް އައްޔަން ކުރާ ލިސްޓްގައި އޭއޯނިއުސްގެ ސީއީއޯ ޝިމްލާ ލ. މާބައިދޫ ކައުންސިލް މެމްބަރަކު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ