ސިޓީ އަށް ކްލަބް ވޯލްޑް ކަޕް ކުޅެން ޑި ބްރޭނާ ނުނިންމާ ސިޓީ އަށް ކްލަބް ވޯލްޑް ކަޕް ކުޅެން ޑި ބްރޭނާ ނުނިންމާ

މެންޗެސްޓާ (މެއި 23) - އަންނަ މަހު އެމެރިކާގައި ކުރިއަށްގެންދާ ފީފާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ މެންޗެސްޓާ ސިޓީ ޓީމަށް ކުޅުމާ މެދު ބެލްޖިއަމްގެ މިޑްފީލްޑަރު، ކެވިން ޑި ބްރޭނާ ވަނީ ދެ ވަަނަ ވިސްނުމަކަށް ގޮސްފި އެވެ.
ސިޓީއާ އެކު، ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދި ޑި ބްރޭނާ، 33، އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން އޮތީ އަންނަ މަހުގެ ނިޔަަލަށެވެ. ޑި ބްރޭނާއާ އެކު، ސިޓީން އެއް އަހަރުގެ އެއްބަސްވުމެއް ހަދަން ކޮންމެ ވެސް ވަރަކަށް މަޝްވަރާ ކުރި ނަމަވެސް، އެ ކަންކަން މަޑުޖެހި، އޭނާ އެ ކްލަބް ދޫކޮށްލަން ނިންމީ އެވެ.
ސިޓީން އަންނަ މަހު ކްލަބް ވޯލްޑް ކަޕްގައި ކުޅެން ތައްޔާރުވަމުން އަންނައިރު، ޑި ބްރޭނާ ވަނީ އެ މުބާރާތުގައި ކުޅުމުގެ ވިސްނުމެއް އަދި ނެތް ކަމަށް ބުނެފަ އެވެ. އަދި، ކޮންޓްރެކްޓް ނިމުމުގެ މަރުހަލާ ތެރޭގައި އޮއްވައި، އާ މުބާރާތެއް ކުޅުމަކީ ބުއްދި ގަބޫލުކުރާ ކަމެއް ނޫން ކަމަށް ވެސް ޑި ބްރޭނާ ބުނެފައިވެ އެވެ.
"އަހަރެން އަމިއްލަ ނަފްސުގެ ރައްކާތެރިކަމަށް ވެސް ވިސްނަން އެބަޖެހޭ. އަހަރެން ކްލަބް ވޯލްޑް ކަޕްގައި ކުޅެގެން އަނިޔާވެއްޖިއްޔާ ކިިހިނެއް ހަދަނީ؟ އެ ކަހަލަ ހާލަތެއްގައި އަހަރެން އެކަނި އަމިއްލަ ނަފްސަށް ވިސްނަން ޖެހިފައި އޮންނާނީ، ވަރަށް ބޮޑު ފުރުސަތެއް އެބައޮތް އަހަރެން އެ މުބާރާތުގައި ނުކުޅުމުގެ، އެކަމަކު، ހާލަތާއި ވަގުތު ބަދަލުވުން އެކަށީގެންވޭ،" ޑި ބްރޭނާ ބުންޏެވެ.
ކްލަބް ވޯލްޑް ކަޕްގައި ސިޓީ ހިމެެނެނީ، ޔޫއޭއީގެ އަލް އައިން އާއި އިޓަލީގެ ޔުވެންޓަސް އަދި، މޮރޮކޯގެ ވައިދާދް އޭސީއާ އެއް ގްރޫޕެއްގަ އެވެ. ސިޓީން ފުރަތަމަ މެޗުގައި ވައިދާދްއާ ދެކޮޅަށް ކުޅޭނީ، އަންނަ މަހުގެ 18 ވަނަ ދުވަހު އެެވެ.
ޖަރުމަނުގެ ކުލަބް، ވުލްފްސްބާގް ދޫކޮށް 2015 ވަނަ އަހަރު ސިޓީ އަށް ޑި ބްރޭނާ ބަދަލުވީ 63 މިލިއަން ޑޮލަރަށެވެ. ސިޓީއާ އެކު ޑި ބްރޭނާ ގިނަ ކާމިޔާބީތަކެއް ހޯދާފައިވެ އެވެ. އިންޑިވިޖުއަލް ގިނަ ޓްރޮފީތަކެއް ވެސް ސިޓީގައި ހުރެ ހޯދި، ޑި ބްރޭނާ ސިޓީއާ އެކު ހޯދި އެންމެ ބޮޑު ކާމިޔާބީ އަކީ، 2023 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގެވެ.
ސިޓީގެ ކެރިއަރު ތަށްޓަކާ އެކު، ނިންމާލަން ޑި ބްރޭނާ، ބޭނުންވި ނަމަވެސް، އެފްއޭ ކަޕް ފައިނަލުގައި ކްރިސްޓަލް ޕެލަސް އަތުން 1-0 އިން ސިޓީ ވަނީ ބަލިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ