އުފެއްދުންތެރިކަމުގެ މަޢުރަޒުގެ އެސްއޯއީ ކެޓަގަރީން ޓީމް ސްޓެލްކޯ 1 ވަނަ ހޯދައި ރަންވަނަ ޙާޞިލުކޮށްފި!

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025ގެ އެސްއޯއީ ކެޓަގަރީން ޓީމް ސްޓެލްކޯ 1 ވަނަ ހޯދައި ރަންވަނަ ޙާޞިލުކޮށްފިއެވެ. 
މިބޮޑު ކާމިޔާބީ ޙާޞިލުކުރެވުމުން ސްޓެލްކޯއިން ވަނީ އެއީ ކުންފުނީގައި ތިބި ހީވާގި، ކުޅަދާނަ މުވައްޒިފުންގެ ބުރަމަސައްކަތުން ހޯދި ކާމިޔާބީއެއްކަން ފާހަގަކޮށްފައެވެ. 
ސްޓެލްކޯއިން ބުނެފައިވަނީ:
الله އަށް ޝުކުރުވެރިވަން! #MaldivesExpo2025 ގައި އެސްއޯއީ ކެޓަގަރީން ޓީމް ސްޓެލްކޯ އިން 1 ވަނަ ހޯދިކަން އަޅުގަނޑުމެން ފަޚުރުވެރިވަން!
އަޅުގަނޑުމެންގެ ކާމިޔާބު ޝޯކޭސްގައި ފެނިގެންދިޔައީ “ރީޖަނަލް ސްކާޑާ” ސިސްޓަމް - ރީޖަނަލް ސްކާޑާ އަކީ ސްޓެލްކޯއިން ހިދުމަތްދޭ ހުރިހާ ރަށެއްގެ ކަރަންޓް އުފެއްދުމުގެ ހުރިހާ ކަމެއް މޮނިޓަރ ކުރުމަށް ތަރައްޤީކޮށްފައިވާ ނިޒާމެއް. މި ނިޒާމުގެ އެހީގައި  މައްސަލަތައް ރަނގަޅަށް ހައްލުކޮށް، ޕްލޭންކުރުމަކާއި ނުލާ ކަރަންޓްގެ ޚިދުމަތް މެދުކެނޑޭ މިންވަރު ވީހާވެސް މަދުކޮށް، ކުރިއަށް އޮތްތަނުގައި ކަރަންޓްގެ ޑިމާންޑާ ދޭ ޚިދުމަތް ކުރިއެރުވުމަށް ކުރަންޖެހޭ ކަންކަން އިނގޭނިޒާމެއް. 
މިބޮޑު ކާމިޔާބީ ހޯދައިދިން ޓީމަށް ވަރަށް ބޮޑު ތަހުނިޔާއެއް އަރިސްކޮށް ޝުކުރު އަދާކުރަމެވެ.  މިބޮޑު ކާމިޔާބީ ޙާޞިލްކުރެވުނީ ސްޓެލްކޯގެ ހީވާގި، ކުޅަދާނަ މުވައްޒިފުން ކުރި ބުރަ މަސައްކަތުގެ ސަބަބުންނެވެ. އެހެންކަމުން ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް ހިތުގެ އަޑިން ޝުކުރު އަދާކުރަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ