ރޯމް، އިޓަލީ (މެއި 19) - ދުނިޔޭގެ ރޭންކިން އެއް ވަނައިގައި މި ވަގުުތު އޮތް އިޓަލީގެ ޖަނިކް ސިނާގެ މޮޅުވުމުގެ ރެކޯޑަށް 26 މެޗަށް ފަހު ނިމުން ގެނެސް، ސްޕެއިނުގެ ކާލޯސް އަލްކަރާޒް އިޓާލިއަން އޯޕަން ކާމިޔާބުކޮށްފި އެވެ.
މަނާބޭހުގެ މައްސަލައެއްގައި ތިން މަހުގެ ސަސްޕެންޝަނެއްގެ މުއްދަތު ފުރިހަމަ ކުރުމަށް ފަހު ސިނާ ނުކުތީ މި މުބާރާތަށެވެ.
ސިނާ މަސައްކަތް ކުރީ، 1976 ވަނަ އަހަރު އިޓާލިއަން އޯޕަން ކާމިޔާބުކުރި އެޑްރިއާނޯ ޕަނާޓާ އަށް ފަހު، މި ތަށި އުފުލާލާ އިޓަލީ އަށް އުފަން ފުރަތަމަ ފިިރިހެން ކުޅުންތެރިޔާ އަށް ވުމަށެވެ. އެކަމަކު، އެ އަށް ހުރަސް އެޅީ ރަނގަޅު ފޯމެއްގައި ހުރި އަލްކަރާޒް އެވެ.
އިޓާލިއަން އޯޕަން ފައިނަލުގައި، އަލްކަރާޒް އަތުން ސިނާ ބަލިވިއިރު، މެޗުގެ ސެޓުތައް ދިޔައީ، 7-6 (7-5) 6-1 އިންނެވެ.
ސިނާ އެންމެ ފަހުން މެޗަކުން ބަލިވެފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޫބަރުގަ އެވެ. އެ ފަހަރު ސިނާ ބަލިވީ ޗައިނާ އޯޕަންގެ ފައިނަލުގައި އަލްކަރާޒް އަތުންނެވެ.
އަލްކަރާޒް ބުނީ، ޓެނިހަށް ސިނާގެ އެނބުރި އައުން ފެނުނީ ވަރުގަދަކޮށް ކަމަށާއި އިޓާލިއަން އޯޕަން ތަށި ފުރަތަމަ ފަހަރު ލިބުން ހާއްސަވަނީ ސިނާ ކަހަލަ މޮޅު ކުޅުންތެރިއެއްގެ އަތުން ފައިނަލުގައި ކާމިޔާބު ހޯދުމުން ކަމަށެވެ.
ހަފްތާއެއްހާ ދުވަސް ފަހުން، ފްރެންޗް އޯޕަން ޓެނިސް މުބާރާތް ފަށާއިރު، އެ މުބާރާތުގައި ތަށި ދިފާއުކުރަން އަލްކަރާޒަށް މި މުބާރާތުން ލިބުނު ކާމިޔާބީގެ ބޭނުންހިފޭނެ ކަމަށް ޓެނިހުގެ ތަޖުރިބާކާރުން ގަބޫލުކުރެ އެެވެ.
އިޓާލިއަން އޯޕަންގެ ފައިނަލުގައި، ކޮކޯ ގޯފް އަތުން މޮޅުވެ، އިޓަލީގެ ޖާސްމީން ޕައޮލީނީ ވަނީ 40 އަހަރުވީ ތާރީހު ބަދަލުކޮށްލައިފަ އެވެ. މިއީ މި މުބާރާތުގެ ޗެމްޕިއަންކަން، އިޓަލީ އަށް އުފަން އަންހެން ކުޅުންތެރިއަކު، މިދިޔަ 40 އަހަރުތެރޭ ހޯދި ފުރަތަމަ ފަހަރު އެވެ.
ސިނާގެ ރެކޯޑް ނިމުމަކަށް ގެނެސް އަލްކަރާޒް އިޓާލިއަން އޯޕަން ކާމިޔާބުކޮށްފި ސިނާގެ ރެކޯޑް ނިމުމަކަށް ގެނެސް އަލްކަރާޒް އިޓާލިއަން އޯޕަން ކާމިޔާބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ