ފަނޑިޔާރުން މަދުކުރަން ހުށަހެޅީ އަމިއްލަ ރައުޔުގައި، މިއީ ފަންނީ ބަދަލެއް: އަބްދުއްސައްތާރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރުމަކީ ފަންނީ ބަދަލެއް ކަމަށް ގަބޫލުކުރައްވާ ކަމަށް، އެ ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހެޅުއްވި، ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވެއްޖެއެވެ. އެސްއެސްޓީވީގެ ބާރުހަތަރެއް ޕްރޮގްރާމުގައި އަބްދުއްސައްތާރު ވިދާޅުވީ، އެ ބިލަކީ ގާނޫނު އަސާސީން ލިބިދޭ ހައްގުގެ ތެރެއިން އޭނާގެ އަމިއްލަ ރައުޔުގައި ހުށަހެޅުއްވި ބިލެއް ކަމަށެވެ. "ދެން އަޅުގަނޑު މި ވަގުތު ދަންނަވަން އޮތީ ގާނޫނުއަސާސީން މި ލިބިދޭ ހައްގުގެ ތެރެއިން މި އަޅުގަނޑުގެ އަމިއްލަ ރައުޔުގައި ހުށަހެޅި ބިލެއް ކަމަށް އެއީ. ދެން މީގެ ތާރީޚަށް ބަލައިލާއިރުގައި ފަހަކުން ހަތަކަށް، ފަހަކުން ހަތަކަށް މިގޮތަށް ބަދަލުވެފައި އެބަހުރި [ފަނޑިޔާރުންގެ އަދަދު]،" އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު، އެކި ހާލަތްތަކުގައި ފަނޑިޔާރުން ވެސް ބަދަލުކޮށްފައިވާކަން އަބްދުއްސައްތާރު ފާހަގަކުރެއްވިއެވެ. އެހެންވީމަ އެގޮތުން ބަލައިލާއިރުގައި އަޅުގަނޑު ދެކޭ ގޮތުގައި މިވެސް ހަމަ އެކަހަލަ ގާނޫނީ ފަންނީ ބަދަލެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަނީ. އެއީ އަދި ގާނޫނުން ތަންދޭ ބަދަލެއްގެ ގޮތުގައިހޮޅުދޫ ދާއިރާގެ މެންބަރު ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އެ ބިލް ބަލައިގަތުމާއި ފާސްކުރުން އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވޯޓުގެ މައްޗަށްކަން އޭނާ ފާހަގަކުރެއްވިއެވެ. "އެހެންވީމަ އެގޮތުގެ މަތިން އެކަން ކުރިއަށްދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އަބްދުއްސައްތާރު ވިދާޅުވިއެވެ. އެ ބިލުގެ ފުރަތަމަ ކިޔުން އިއްޔެގެ މަޖިލީހުގެ ޖަލްސާގައި އިއްވާފައިވާއިރު، މާދަމާގެ ޖަލްސާއަށް ވަނީ އެ ބިލުގެ އިބްތިދާއީ ބަހުސް އެޖެންޑާކޮށްފައެވެ. https://sun.mv/202988 މަޖިލީހުގައި ޕީއެންސީއަށް ސުޕަމެޖޯރިޓީ އެބައޮތެވެ. އެހެންވެ، ގާނޫނަށް ބަދަލު ގެނެސްގެން އެ ޕާޓީއަށް ފަނޑިޔާރުން ވަކިކުރެވޭނެއެވެ. އެ ބިލާ ގުޅޭ ގޮތުން ޕީއެންސީން މިއަދު ޕީޖީ ބައްދަލުވުމެއް ބާއްވައިފައި ވެސްވެއެވެ. 'ސަން'އަށް އެނގިފައިވާ ގޮތުގައި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ގިނަ މެންބަރުން ވަނީ ފާޅުގައި އެ ބިލަށް ދެކޮޅު ހަދައިފައެވެ. އެހެންނަމަވެސް ސަރުކާރުން ބޭނުންވާ ގޮތަކަށް ބިލުގެ މަސައްކަތް ކުރިއަށްގެންދަން ގިނަ މެންބަރުން އެއްބަސްވެފައިވާ ކަމަށް "ސަން"އަށް މައުލޫމާތު ލިބިފައިވެއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން: ދެ ފަނޑިޔާރެއް ވަކިކުރަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ވަނީ ހުށަހަޅައިފައި -- އެ ޚިޔާލު ތަފާތުވުން އުފެދިފައިވަނިކޮށް، ޕީއެންސީ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ)ގެ ލީޑަރު އިބްރާހީމް ފަލާހު އެ ޕާޓީގެ ޕީޖީގެ ވަޓްސްއެޕް ގުރޫޕަށް ރޭ ފޮނުއްވި މެސެޖެއްގައިވަނީ، އެ ބިލު މަޖިލީހުން ބަލައިގެން އެ ބިލަށް ޕީއެންސީގެ ޕީޖީން ތާއީދު ކުރާން ލީޑާޝިޕުން ނިންމައިފައިވާ ކަމަށެވެ. އެހެންވެ، ހުރިހާ މެންބަރުން ވެސް ހުރިހާ މަރުހަލާއެއްގައި ބިލަށް ތާއިދު ކުރުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. https://sun.mv/202993 އެ ބިލު ހުށަހަޅައިފައިވަނީ، ޕާޓީއަކުން ވަކިކުރާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޕީއެންސީން ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަނިކޮށެވެ. އެއީ، އެ މައްސަލައަށް ނުފޫޒު ފޯރުވަން ކުރާ ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ. އެކި ސަރުކާރުތަކުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދުތައް ބަދަލު ގެނެސްފައިވެއެވެ. އެގޮތުން 2014 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރިއެވެ. އެއަށްފަހު، 2019ގައި އެއިރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެ އަދަދު ފަހަކުން ހަތެކަށް އިތުރުކުރީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ