އެޕްރޫވްޑް މެޑިސިން ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއްވެސް އެޕްރިލް 15 ވަނަ ދުވަހުން ފެށިގެން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) ގެ ބޭސްފިހާރަތައް މެދުވެރިކޮށް ލިބޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، ނިލަންދެއަތޮޅު ދެކުނުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު މީދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
“ހަމަ އެއާއެކީގައި އެޕްރޫވްޑް މެޑިސިން ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް ވެސް އޭގެ އެއް މަސްދުވަސް ފަހުން 15 އޭޕްރީލުން ފެށިގެން އެސްޓީއޯގެ ހުރިހާ ބޭސްފިހާރައަކުން ލިބެމުންދާނެ,” ރައީސް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ، ފާމަސީތަކުން އެތައް ގުނައެއް އިތުރަށް ފައިދާ ޖައްސައިގެން ބޭހުގެ ވިޔަފާރިކުރިކުރުން ނިމުމަކަށް ގެނެވިފައިވާކަމަށް ވިދާޅުވެފައެވެ.
“ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޭހުގެ މައްސަލަ. އެއްހާސް ނުވަތަ ދެހާސް އިންސައްތަ ފައިދާ ރައްޔިތުންގެ ޓެކްސް ފައިސާއިން އާސަންދަ ތެރެއިން ބޭހުގެ ވިޔަފާރިކުރާ އެތައްބަޔަކު ދިޔައީ ނަގަމުން. އެއީ ބޮޑު އިސްރާފެއްކަމަށް . އެހެންކަމުން ސަރުކާރުން އެޅި ފިޔަވަޅަކީ އެކަން ހުއްޓުވީ. ސަރުކާރުން މިކަމުގައި ގެނައި ބަދަލަކީ އެސްޓީއޯގެ ރޭޓަށް ބޭހުގެ އަގު ތިރިކުރުން. އެކަންކުރުމުން ބޭސްގެންނަ ފަރާތްތަކުން ދަތިކުރީ. މިއާއެކު ބޭސް މަދުވީ” ރައީސް ވިދާޅުވިއެވެ.
ސަރުކާރުންވަނީ އަގުބޮޑުކޮށް ބޭސް ވިއްކުން ހުއްޓުވުމަށް ޓަކައި ބޭހުގެ އަގު ދަށްކޮށް އެސްޓީއޯ ރޭޓުގައި ބޭސް ވިއްކަންޖެހޭ ގޮތަށް ހަދައިފައެވެ. އަދި އަގުބޮޑުކޮށް ބޭސް ވިއްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ވެސް ވަނީ ނިންމައިފައެވެ.
“އެ މައްސަލަ ހައްލުކުރުމަށް ފިނޭންސްއިން މިހާރު ޚާއްސަ އެހީތެެރިކަމެއް ދީގެން މިހާރު އެސްޓީއޯއިން އެދަނީ ހުރިހާ ބޭހެއް ގެނައުމުގެ މަސައްކަތްކުރަމުން. އެހެންވީމަ މެޑިކަލް މާފިޔާއަށް، ބޭސްތައް ކޮންޓްރޯލްކުރުމުގެ ފުރުޞަތެއް އަޅުގަނޑުމެން ނުދޭނަން. އަޅުގަނޑުމެން 15 މާރިޗާ ހަމައަށް އެމްއެފްޑީއޭގެ އެސެންޝިއަލް މެޑިކަލް ލިސްޓުގައި ހުރި ހުރިހާ ބޭހެއް ގެނެސް ހަމަކޮށް އެސްޓީއޯގެ ބޭސްފިހާރަތަކުން، އެއްވެސް ކަންބޮޑުވުމެއްނެތި ރައްޔިތުންނަށް ލިބިގެންދާނެ”. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ބޭސް ލިބުން ދަތިކުރީ ނޫން ކަމަށާއި، ސަރުކާރުން ކުރި ކަމަކީ ރައްޔިތުންގެ ހެވާ ލާބަޔަށް، ރައްޔިތުންގެ ފައިސާއިން ކުރަމުންދިޔަ އިސްރާފު ކުޑަކުރީ ކަމަށެވެ.
ގުޅިފަޅުން ގޯތި ލިބުނު ރައްޔިތުންނަށް ދެމަސްތެރޭ ރަޖިސްޓްރީ ހަވާލުކުރާނަން: ރައީސް ދަތުރު ގޮސް އުޅެވޭނެ ރަށެއްގެ ގޮތުގައި، ދ. އުއްދޫ ހަމަޖައްސަވައިފި ރޯދަމަހަށް ވެސް އަދި އައްޑޫގެ ކަރަންްޓް މައްސަލަ ހައްލުނުވާނެ- މޭޔަރު ނިޒާރު އައްޑޫގައި ޑެންގީ ހުން އިތުރ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ