ރޯދަމަހަށް ވެސް އަދި އައްޑޫގެ ކަރަންްޓް މައްސަލަ ހައްލުނުވާނެ- މޭޔަރު ނިޒާރު އައްޑޫގައި ޑެންގީ ހުން އިތުރުވާތީ ސަމާލުވާން އިލްތިމާސްކޮށްފި ރަމަޟާންމަހު ދަތިކަމެއްނެތި މުދާ ފޯރުވައިދިނުމަށް ތައްޔާރު: އެމްޕީއެލް މި ރަމަޟާންމަހުވެސް ކަރަންޓު ބިލުންނާއި ފެން

ނިލަންދެ އަތޮޅު ދެކުނު ބުރީގެ ރައްޔިތުންނަށް ދަތުރު ގޮސް އުޅެވޭނެ ރަށެއްގެ ގޮތުގައި، ދ. އުއްދޫ ކަނޑައަޅުއްވައި، މިރެއިން ފެށިގެން އެ ރަށް އާންމުން ދަތުރު ދިއުމަށް ހުޅުވައިލެވިފައިވާކަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ނިލަންދެ އަތޮޅު ދެކުނު ބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު މީދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
ދ. އުއްދޫއަކީ މީގެ ކުރިން އަމިއްލަ ފަރާތަކުން ވިޔަފާރީގެ އުސޫލުން ބޭނުންކުރައްވައި، އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ސަރުކާރަށް އަނބުރާ ލިބިފައިވާ ރަށެކެވެ. ދ. އުއްދޫ މިހާރު ހަވާލުކުރައްވާފައި ވަނީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާއާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރަށް ބަލަހައްޓަވާނީ އެ ވުޒާރާއިން ކަމަށާއި، ދ. އުއްދޫއަށް ދަތުރުގޮސް އުޅުމުގެ ކަންކަންވެސް އެ ވުޒާރާގެ ތެރެއިން ފަހިވެގެން ދާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. މިކަމާ ގުޅުން ހުރި ތަފްސީލުތައް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން، ކުރިއަށް އޮތް ދުވަސްތަކުގައި އިޢުލާންކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް، ދ. މީދޫގެ ރައްޔިތުންނަށް އުންމީދު އައުކޮށްދެނިވި އެތައް ކަމެއްގެ ވާހަކަފުޅު، ރައީސުލްޖުމްހޫރިއްޔާ މިރޭ ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް، މި ދައުރުގެ ތެރޭގައި އެކަށީގެންވާ ރަނގަޅު ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އަދި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ފެރީ ނިޒާމުގެ ޚިދުމަތް، މި ހިނގާ 2025 ވަނަ އަހަރުގެ ނިޔަލަށް ލިބެން ފަށާނެ ކަމަށާ، ރަށަށް ދިމާވެފައި އޮތް ކުނި މެނޭޖުކުރުމުގެ މައްސަލައަށްވެސް ވެމްކޯ މެދުވެރިކުރައްވައި، ވަރަށް ފުރިހަމަ ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދ. މީދޫގެ ރައްޔިތުންނަށް ދެއްވާފައެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ