އައްޑޫސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އަންނަ ހޮނިހިރު ދުވަހު ފެށޭ ރޯދަމަހަށް ވެސް ހައްލުނުވާނެ ކަމަށް އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މޭޔަރު ވިދާޅުވެފައިވަނީ އައްޑޫގެ ގުޅިފައިވާ ރަށްތަަކުން ކަރަންޓު ކެނޑޭ މައްސަލަ ޙައްލުކުރުމަށް ކަރަންޓުގެ މާލެއިން ގެނައި ޖެނެރޭޓަރުން ކަރަންޓު ދިން ނަމަވެސް، މިހާރު ވެސް ދެ ޖެނެރޭޓަރަކަށް ސްޕެއާ ނުލިބޭ ކަމަށެވެ.
އައްޑޫގެ ވެރިރަށް ހިތަދޫއާއި އެ ރަށާ ގުޅިފައިވާ ރަށްރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސެންޓްރަލް ޕަވަ ސްޓޭޝަނުގައި ބޭނުންކުރަމުންދާ ޖެނެރޭޓަރު ސެޓްތަކުގެ ތެރެއިން ތިން ޖެނެރޭޓަރު ސެޓަށް ވަނީ މައްސަލަތައް ދިމާވެފަ އެވެ. އަދި އިތުރު އެއް ޖެނެރޭޓަރު ސެޓް މަރާމާތު ނުކުރެވޭ ވަރަށް ހަލާުކުވެފައިވާތީ މިދިޔަ ހަފްތާގައި ވަނީ 1.8 މެގަވޯޓުގެ ޖެނެރޭޓަރެއް މާލެއިން ގެންގޮސްފަ އެވެ.
އެކި ގަޑިތަކުގައި އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކަނޑަމުން އަންނަ ކަމަށާއި އެކަމުގެ ހައްލަކީ އެ ސިޓީގެ ހަގީގީ ހާލަތު ދެނެގަނެގެން އެކަން ހާމަކޮށް، ދައުލަތުގެ ޚަރަދުގައި މައްސަލަ ރަނގަޅު ކޮށްދިނުން ކަމަށް ނިޒާރު ވިދާޅުވިއެވެ.
އަދި،މޭޔަރުގެ ޕޯސްޓުގައި ވަނީ ފޭދޫގެ ބައެއް ހިސާބުތަކުން މިއަދު ކަރަންޓު ކެނޑުމަށް ފެނަކައިން ހިއްސާކޮށްފައިވާ މެސެޖުތަކުގެ ފޮޓޯވެސް ހިއްސާކޮށްފައެވެ.
ނިޒާރު ވިދާޅުވީ އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކަ ބަނގުރޫޓުވެފައިވާ ކަމަށާއި، އެ ސިޓީގެ ކަރަންޓު މައްސަލަ ހައްލު ކުރުމަށް ދައުލަތުން ސީދާ ޚަރަދުކުރަން ޖެހޭ ކަމަށެވެ.
“ރޯދަ މަހަށް އައްޑޫގެ ކަރަންޓްގެ މައްސަލަ އަދި ހައްލެއް ނުވާނެ. ހައްލަކީ ހަގީގީ ހާލަތު ދަނެގަނެ އަދި އެހާލަތު ހާމަކޮށް، ދައުލަތުން ހަރަދު ކޮށް މައްސަލަ ހައްލު ކޮށްދިނުން. ފެނަކަ ކުންފުނި ވަނީ ބަނގުރޫޓު ހާލަތުގައި.” މޭޔަރު ވިދާޅުވި އެވެ.
އެ ސިޓީން ކަރަންޓު ކެނޑޭ މައްސަލައަށް ޒަމާންތަކެއް ވެފައިވާއިރު، ކަރަންޓު ކެނޑޭ މައްސަލަތަކުގެ ތެރޭގައި ފެނަކައިން ފާހަގަކުރަނީ ކަރަންޓަށް އޮންނަ ޑިމާންޑު ބޮޑުވުމާއި މަގު ހެދުން ފަދަ މަސައްކަތްތަކުގައި ކޭބަލްތަކަށް ގެއްލުންވުމެވެ.
ކުރިއަށް އޮތް ރޯދަ މަހު އައްޑޫ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ނުލިބިދާނެތީ އެސިޓީގެ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރަމަޟާން މަހު ކަރަންޓުގެ އަސާސީ ޙައްޤުން އައްޑޫ ރައްޔިތުން މަޙްރޫމްނުކުރޭ- ޝާހިދު އައްޑޫ ސިޓީ ވިޔަފާރިވެރިންގެ ބާޒާރު ގައި ބައިވެރިވާން ހުޅުވާލައިފި އައްޑޫ ކަރަންޓްގެ މައްސަލަ- ރޯދައަށް ދާއިމީ ހައްލެއް ލިބޭނެ- ފެނަކަ އައްޑޫސިޓީގެ މިސްކިތްތައް ސޯލާ ކުރުމުގ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ