ޓްރީ ޓޮޕްގެ މަލްޓި ސްޕެޝަލްޓީ ހެލްތު ކޭމްޕެއް މި ހަފުތާ ބަންދުގައި ދ. ކުޑަހުވަދޫގައި ބާއްވަނީ ޓްރީ ޓޮޕްގެ މަލްޓި ސްޕެޝަލްޓީ ހެލްތު ކޭމްޕެއް މި ހަފުތާ ބަންދުގައި ދ. ކުޑަހުވަދޫގައި ބާއްވަނީ

ޓްރީ ޓޮޕް ހޮސްޕިޓަލުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބާއްވަމުންގެންދާ ހެލްތް ކޭމްޕް، ކުރިއަށް އޮތް ހަފުތާ ބަންދުގައި ދ. ކުޑަހުވަދޫގައި ބާއްވަން ހަމަޖެހިއްޖެ އެވެ.
އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ދ. އަތޮޅު ހޮސްޕިޓަލުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ކޭމްޕަކީ ކުޑަހުވަދޫ އާއި އެ ރަށް ކައިރި އެހެން ރަށްތަކާއި ރިސޯޓްތަކުގައި އުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ބާއްވާ ކޭމްޕެކެވެ.
ޓްރީ ޓޮޕުން ބުނީ ހެލްތު ކޭމްޕްގައި ބައިވެރިވުމަށް އެދޭ މީހުން ދ. އަތޮޅު ހޮސްޕިޓަލުގެ ނަންބަރު 6760087 އަށް ގުޅައިގެން ނަން ނޯޓުކުރެވޭނެ ކަމަށެވެ.
• ޑރ. ޒާކިޔާ އަހްމަދު - އަންހެނުންގެ ބަލިތަކާއި ދަރިމައިވުމުގެ ބަލިތަކުގެ ކޮންސަލްޓަންޓް
• ޑރ. އަލީ މުޒްނީ - ކަށީގެ ބަލިތަކުގެ ކޮންސަލްޓަންޓް
• ޑރ. މެގްނަސް އޮލޮފް އޮޑްކްވިސްޓް - ކަށީގެ ބަލިތަކުގެ ކޮންސަލްޓަންޓް
• ޑރ. ޗަންދްރަޝޭކަރު ރަވާލް - ކަރުން މަތީގެ ބަލިތަކުގެ ކޮންސަލްޓަންޓް
• ޑރ. މެހްމެޓް އޮޑާ - ކުޑަކަމުދާ ބަލިތަކުގެ ކޮންސަލްޓަންޓް
• ޑރ. އަނޫ އަގްރަވާލް - ހަމުގެ ބަލިތަކުގެ ކޮންސަލްޓަންޓް
• ޑރ. އަރްޗަނާ ޝަރްމާ - ލޮލުގެ ބަލިތަކުގެ ކޮންސަލްޓަންޓް
• ޑރ. އުކްތަމް އަބްދުއްލައެވް - ޖެނެރަލް ސާޖަން
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރިދާރް ޖީ ވިދާޅުވީ މިފަދަ ހެލްތް ކޭމްޕްތައް ބޭއްވުމަކީ އެ ހޮސްޕިޓަލުން ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.
"އަޅުގަނޑުމެންގެ މަގްސަދަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ރައްޔިތުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ލިބޭނެގޮތް ހަމަޖެއްސުން. މި ކޭމްޕުތަކުގެ ސަބަބުން އެ މަގުސަދު ހާސިލުކުރުމަށް އިތުރު ފިޔަވަޅެއް އެޅިގެންދާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން،" އޭނާ ވިދާޅުވި އެވެ.
މި ކޭމްޕުގައި ހިލޭ ޑޮކްޓަރަށް ދެއްކުމުގެ އިތުރުން، ދާލު އަތޮޅު ހޮސްޕިޓަލުގެ ނަރުހުންނަށް ޓްރެއިނިންގް ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އަންހެނުންގެ ބަލިތަކާއި ދަރިމައިވުމާ ބެހޭ މައުލޫމާތު ސެޝަނެއް ޑރ. ޒާކިޔާ އަހްމަދު ކުރިޔަށް ގެންދާނެ އެވެ.
މި ހެލްތް ކޭމްޕުތަކަކީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމާއި، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ގާބިލުކަން އިތުރުކުރުމެވެ.
މި ހެލްތް ކޭމްޕް އިންތިޒާމުކޮށް ކުރިޔަށް ގެންދިއުމުގައި ދ. އަތޮޅު ހޮސްޕިޓަލް، ކުޑަހުވަދޫ ކައުންސިލް، ދ. އަތޮޅު ކައުންސިލް އަދި ދ. ކުޑަހުވަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ދެމުންގެންދާ އެހީތެރިކަމަށް ޓްރީ ޓޮޕުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
މިއީ ޓްރީ ޓޮޕް ހޮސްޕިޓަލުން މި އަހަރު ކުރިޔަށްގެންދާ ފުރަތަމަ ހެލްތް ކޭމްޕެވެ. މިދިޔަ އަހަރު ގއ. ވިލިނގިލި، ގދ. ތިނަދޫ އަދި ލ. ގަމުގައި ބޭއްވި ހެލްތް ކޭމްޕުތަކުގައި 1،500 އަށްވުރެ ގިނަ މީހުން ޓްރީ ޓޮޕްގެ ޓީމުންދިޔަ ޑޮކްޓަރުންނަށް ދައްކައި ހިދުމަތް ހޯދާފައިވެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ