ޓްރަމްޕް އިންޑިއާގެ ބިލިއަނަރު އަމްބާނީއާ ބައްދަލުކުރައްވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުއިރުމައްޗަށް ކުރައްވަމުން ގެންދަވާ ހަތަރު ދުވަހުގެ ދަތުރުފުޅުގައި، އިންޑިއާގެ ބިލިއަނަރު މުކޭޝް އަމްބާނީއާ ގަތަރުގައި ރޭ ބައްދަލުކުރައްވައިފި އެވެ.
ލަޔަންސް އިންޑަސްޓްރީޒްގެ ޗެއާމަންކަން ވެސް ކުރައްވާ އަމްބާނީ ގަތަރުގެ ލުސައިލް ޕެލަސްގައި ޓްރަމްޕާ ބައްދަލުކުރައްވާ ތަން ވަނީ ފޮޓޯ ނަގައިފަ އެވެ.
ވޮޝިންޓަން ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓްރަމްޕާއި ގަތަރުގެ އަމީރު ގާތްގަނޑަކަށް ގަޑިއެއްހާއިރު ވަންދެން އޭނާއަށް އިންތިޒާރު ކުރަން ޖެހުނެވެ. ގަތަރުގެ ދައުލަތުގެ ފަރިއްކޮޅުގައި ފާހަގަކޮށްލެވޭ ގިނަ މެހެމާނުންނަށް އެ ބޭފުޅުން ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި މުކޭޝް އަމްބާނީ ވެސް ހިމެނެ އެވެ.
މުކޭޝް އަމްބާނީއަށް ޓްރަމްޕް ވަނީ ހޫނު މަރުހަބާއެއް ވިދާޅުވެފަ އެވެ. އަދި އަމްބާނީ އެތެރެއަށް ވެދެވަޑައިގަތުމުގެ ކުރިން މިނިޓް ކޮޅެއްވަންދެން ޓްރަމްޕް އާއި އޭނާއާ ދެ ބޭފުޅުން ވާހަކަ ދައްކަވާ ތަނުގެ މަންޒަރު ކެމެރާއަށް ވަނީ އަރައިފަ އެވެ.
އަމްބާނީ ވަނީ ގަތަރުގެ އަމީރު ތަމީމް ބިން ހަމަދު އަލް ޘާނީއާ ވެސް ސަލާމް ކުރައްވައިފަ އެވެ. އެއަށް ފަހު އަމްބާނީ އެތެރެއަށް ވެންނެވީ އެމެރިކާގެ ސެކްރެޓަރީ އޮފް ކޮމާސް ސްޓީވް ލޫޓްނިކްއާ ވާހަކަ ދައްކައި ހީ ސަމާސާ ކުރައްވަމުންނެވެ.
މިއީ އެމެރިކާގެ ރައީސް ކަމުގެ ހުވާ ޓްރަމްޕް ކުރެއްވި ފަހުން މުކޭޝް އަމްބާނީ ޓްރަމްޕާ ބައްދަލުކުރެއްވި ދެވަނަ ފަހަރެވެ. އޭނާ އާއި އޭނާގެ އަނބިކަނބަލުން ނީތާ އަމްބާނީ ވަނީ މިދިޔަ ޖެނުއަރީ މަހު އެމެރިކާގެ ރައީސް ހުވާ ކުރެއްވުމުގެ ކުރިން ބޭއްވި ހަފުލާތަކުގައި ބައިވެރިވެވަައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ