ސިފައިންގެ މައި މަރުކަޒުގެ ފާޚާނާގެ ތެރޭގައި ސިފައިންގެ މީހަކު މަރުވެފައި އޮތްވާ ފެނުނު މައްސަލައެއް ބަލަނީ! މުޅި މާލެ ޞަރަޙައްދުން ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސްކޮށް ބެލުމަށް ރައީސް އަންގަވައިފި ކަރަންޓު ކެނޑުނު މައްސަލަ ތަކުރާރުވިޔަނުދޭން ފިޔަވަޅުތަ

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ނުވަތަ ‘ވާނުވާ’ ބަންދުގެ މައްސަލައަށް ހައްލު ގެނައުމަށް އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ތެރެއިން ޓެގް އަޅުވައިފައި މިހާތަނަށް ދޫކުރި ތިން މީހުން ވެސް ބަންދުކޮށްފައި ތިބީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ކަމަށް ކޯޓުގެ ލިޔުންތަކުން ހާމަވެއްޖެއެވެ.
ވާނުވާ ބަންދުގައި ތިބޭ މީހުން ޓެގު އަޅުވާފައި ދޫކުރަން ނިންމާފައިވާކަން ޕީޖީ އޮފީހުން ހާމަކޮށްފައި ވަނީ މިދިޔަ މަހުގެ 21ގައެވެ
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުން ދޫކުރަން އަމުރުކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުތަކުގައިވާ ގޮތުން މިހާތަނަށް ދޫކޮށްފައި ވަނީ އިބްރާހިމް ރަޝާދު، މ. ބަދުރު، މުހައްމަދު ނަމީން، ތ. ގުރައިދޫ އަދި މުހައްމަދު ނާޖިހު، ށ. މިލަންދޫ އެވެ.
އޭގެތެރެއިން، ނަމީންއާއި ނާޖިހަށް ކެނަބިސް ބޭނުންކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތުކުރެވޭއިރު، ރަޝާދަކީ ޑައިމޯފިން ޓްރެފިކްކޮށް، ކެނެބިސް ބޭނުންކުރުމުގެ ތުހުމަތުގައި މިދިޔަ ޑިސެންބަރު 25ގައި ހައްޔަރުކުރި މީހެކެވެ.
ރަޝާދުގެ ކޯޓު އަމުރުގައި ބުނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައިވަނިކޮށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން މިދިޔަ މެއި މަހުގެ 27 ގައި ކޯޓު އަމުރު މުރާޖާކޮށްދޭން އެދިފައިވާ ކަމަށެވެ.
އެ މައްސަލައިގައި ޕީޖީން ބުނެފައި ވަނީ، ރަޝާދަކީ ކުށުގެ އަމަލު ހިންގުމުގައި އިސްކޮށް އުޅޭ މީހެއް ކަމަށް ނުބެލެވޭތީ އޭނާ ބަންދުން ދޫކޮށްލި ނަމަވެސް، އޭނާ އުޅޭ ނޫޅޭ ގޮތް ބެލުމަށް ޓެގު އެޅުވުމަށް ފަހު ދޫކޮށްލުމަށެވެ. އެ ހުށަހެޅުމާ އެކު އޭނާއާ ގުޅޭ ރިސްކް އެސެސްމެންޓް ރިޕޯޓު ވެސް ހުށަހަޅާފައިވާ ކަމަށް އަމުރުގައިވެ އެވެ.
ޓެގު އަޅުވައި ދޫކުރި ތިން މީހުން ވެސް ދޫކޮށްލީ 100 ދުވަހަށެވެ. އަދި، ދައުލަތުން އެދިފައިވާ ޝަރުތުތަކަށް ތިން މީހުން ވެސް ވަނީ އެއްބަސްވެފައެވެ.
އެއީ ކޯޓުން އަންގާ ގަޑިތަކެއްގައި ކޯޓަށް ހާޒިރުވާ ގޮތަށާއި ދިރިއުޅޭ އެޑްރެހާއި ފޯނު ނަމްބަރު ބަދަލުވެއްޖެ ނަމަ، އެކަން ކޯޓަށް އަންގަން ޝަރުތުކޮށްފަ އެވެ. ކޯޓުން ހުއްދަ ލިބިގެން ނޫނީ ރަށުން ބޭރަށް ނުދިއުމަށާއި ޓެގް އެޅުވުމާ ގުޅޭ އިގްރާރުގައި ބަޔާންކުރާ ކަންކަމަށް ފުރިހަމައަށް އެއްބަސްވެ، އިގްރާރުވާ ކަންކަމާ އެއްގޮތަށް އުޅުމާއި ޓެގް ނައްޓުވާނުލުމަށާއި އެއަށް ގެއްލުން ލިބޭ ކަންކަން ނުކުރުމަށް ޝަރުތުކޮށްފަ އެވެ. އަދި ޓެގް އަޅުވައިގެން ވަކި ސަރަހައްދަކަށް ދާން މަނާ ނަމަ، އެކަން ނުކުރުމަށާއި ރޭގަނޑު 11:00 އާއި ފަތިހު 5:00 އާ ދެމެދު ގެއިން ބޭރަށް ނުނިކުތުމާއި ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާ ހިލާފުވެއްޖެ ނަމަ، ވަގުތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ބަންދާ މެދު ގޮތެއް ނިންމަން 24 ގަޑިއިރުގެ ތެރޭގައި ހާޒިރުކުރާ ގޮތަށެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރުން ނޫނީ ވާނުވާ ބަންދުގައި ގިނަ ބަޔަކު ތިބެން ޖެހުމުގެ ޝަކުވާއަށް ހައްލު ހޯދުމުގެ ގޮތުން އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ތެރެއިން ލުއިދޭން ފެށީ މިދިޔަ ބުދަ ދުވަހުން ފެށިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ