ނިކާއި ޕްރިޔަންކާ ބޭނުންވަނީ ދަރިފުޅު މިއުޒިކް ކުޅެން

އިންޑިއާގެ ބަތަލާ ޕްރިޔަންކާއާއި އެމެރިކާގެ ކިޔުންތެރިޔާ ނިކް ޖޯނަސްގެ އަލަތު ދަރިފުޅު މިއުޒިކު ކުޅެން ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށް ބަތަލާ ބުނެފިއެވެ. އެންބީސީން ގެނެސްދޭ މަޝްހޫރު 'ދަ ކެލީ ކްލާކްސަން ޝޯ'ގައި ވާހަކަދައްކަމުން ނިކް ޖޯނަސް ބުނީ، ތިން އަހަރުގެ ދަރިފުޅު މާލްތީއަކީ ގުދުރަތީ ގޮތުން ވެސް ލަވަކިޔުމުގެ ހުނަރު ލިބިފައިވާ ކުއްޖެއް ކަމަށެވެ. މާލްތީ ބޮޑުވެގެން މުނިފޫހިފިލުވުމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވެއްޖެނަމަ ދަރިފުޅަށް ކުރިއަށްދެވޭނެ ދާއިރާތަކާ ގުޅޭގޮތުން އަންހެނުން ޕްރިޔަންކާއާ އެކު މަޝްވަރާތައް ކުރިން ވެސް ކުރެވުނު ކަމަށާއި ނަމަވެސް ބޮޑުވެގެން ކުރިއަށްދާނެ ވަކި ދާއިރާއެއް ޚިޔާރުކުރުމުގެ ފުރިހަމަ އިޚުތިޔާރު ދަރިފުޅަށް އޮންނާނެ ކަމަށް އެމެރިކަން މިއުޒީޝަން ވަނީ ބުނެފައެވެ. ނިކް "ދަ ކެލީ ކްލާކްސަން ޝޯ'ގައި--ފޮޓޯ/އިންސްޓަގްރާމް ނިކާއި ޕްރިޔަންކާއަކީ މުނިފޫފިލުވުމުގެ ދާއިރާގައި މިހާރު ވެސް މަސައްކަތްކުރާ މީހުންނަށްވުމުން ދަރިފުޅަށް އެ އިންޑަސްޓްރީގައި ކުރިމަތިވާނެ ގޮންޖެހުންތައް ތަސައްވަރުވުމުން ބައެއް ފަހަރު އެ ކަމާ ޖެހިލުންވާ ކަމަށް ނިކް ވަނީ މި ޝޯގައި ބުނެފައެވެ. މާލްތީ ކުޅިވަރުގެ ދާއިރާއަށް ޝައުގުވެރިވޭތީ ބެލުމަށް ދަރިފުޅަށް ފުޓްބޯޅަ ކުޅެން ދަސްކޮށްދިން ކަމަށާއި ނަމަވެސް ކުޅިވަރު ކުޅުމުގެ އެއްވެސް ޝައުގެއް މާލްތީގެ އަދި ނެތް ކަމަށް ނިކް ވަނީ ބުނެފައެވެ. ނިކާއި ޕްރިޔަންކާގެ ކައިވެނިކުރެވުނީ 2018 ވަނަ އަހަރެވެ. ދެ ތަރިންގެ އަލަތު ދަރިފުޅު މާލްތީއަކީ ސަރިގެސީ މެދުވެރިކޮށް ހޯދި ކުއްޖެއްކަން އިއުލާނުކޮށްފައިވަނީ 2022ވަނަ އަހަރެވެ. ނިކާއި ކައިވެނިކުރުމަށް ފަހު ބޮލީވުޑްގެ އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭ ހިމެނޭ ޕްރިޔަންކާ ދިރިއުޅެމުން އަންނަނީ އެމެރިކާގެ ލޮސްއެންޖަލިސްގައެވެ. ބޮލީވުޑްގެ އިތުރުން ހޮލީވުޑްގެ ފިލްމުތަކުން ވެސް ފެންނަ ބަތަލާ ވަނީ އަހަރުތަކަކަށް ފަހު ބޮލީވުޑްގެ ފިލްމަކަށް ސޮއިކޮށްފައެވެ. މި ފިލްމުގެ މަސައްކަތަށް ދޭތެރެދޭތެރެއިން ޕްރިޔަންކާ އަންނަނީ އިންޑިއާއަށް ދަތުރު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ