ސައުދީ ފަންޑުގެ ސީއީއޯއަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް
ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް، ސައުދީ ފަންޑުގެ ސީއީއޯ، ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލްމުރްޝިދަށް, ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު އަރުއްވައިފި އެވެ.ސުލްތާން ބިން އަބްދުއްރަހްމާނަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އެރުވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.ސައުދީ ފަންޑްގެ ސީއީއޯ ސުލްތާނަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އެރުވުމަށް ރައީސް މުއިއްޒު ކަނޑައެޅުއްވީ ސައުދީ ފަންޑުން ރާއްޖޭގެ ރައްޔިތުންގެ ތަރައްގީއަށާއި ރައްޔިތުންގެ އާންމު ހާލަތު ކުރިއެރުވުމަށް ފުޅާ ދާއިރާއެއްގައި ވެދެއްވާފައިވާ އަދި މިހާރުވެސް ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.މި ޝަރަފު އަރުވާފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިންނާއި، ދިވެހިރާއްޖޭގެ އިއްޒަތުގެ ޤާނޫނުގެ 3 ވަނަ މާއްދާއިން ރައީސަށް ލިބިދޭ ބާރުގެ ދަށުންނެވެ.ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް ނިސްބަތްވަނީ އައްސުލްތާން މުހައްމަދު ޝަމްސުއްދީނަށެވެ. ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން އެންމެ ފުރަތަަމަ ރާއްޖެއަށް އެހީ ދިނީ 1978ވަނަ އަހަރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީ ކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ