އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން 'ލިވް އަންލިމިޓެޑް ކެމްޕެއިން'އާ އެކު ހާއްސަ ޕްރޮމޯޝަނެއް އިއުލާނުކޮށްފި އެވެ.
ތަފްސީލް - މި ހާއްސަ ޕްރޮމޯޝަންގެ ދަށުން:
ނަސީބުވެރި އެއް ކަސްޓަމަރަކަށް ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭނެ
ނަސީބުވެރި 19 ކަސްޓަމަރަކަށް ޖުމްލަ 19 އުމްރާ ދަތުރެއް ދޭން ހަމަޖެހިފައިވޭ
މި ކެމްޕެއިންގެ 20 ވަނަ އިނާމު ނުވަތަ ގްރޭންޑް ޕްރައިޒަކީ ދެ މީހަކަށް ހައްޖު ދަތުރެއް
މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް:
އުރީދޫ ކަސްޓާމަރެއް ނަމަ، 30 ދުވަހުގެ ތެރޭގައި 250ރ.އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑްއޮންއެއް ބޭނުންކުރުން
އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުންކުރުމަށް 400ރ. އިން މަތިން ބިލް ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑްއޮންއެއް ބޭނުންކުރުން
ވިހި އަހަރުގެ މުއްދަތުގައި އުރީދޫން ވަނީ މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ގޮތުން ފާހަގަކޮށްލެވޭ ގިނަ ލަނޑުދަނޑިތައް ހާސިލްކޮށްފަ އެވެ. މި ކެމްޕޭނަކީ އުރީދޫގެ ކާމިޔާބީގެ ފަހަތުގައި ތިބި ކަސްޓަމަރުންނާއި ހިދުމަތް ދިނުމުގައި ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެ އަގު ވަޒަންކުރާ ކެމްޕެއިނެކެވެ.
އުރީދޫގެ ލިވް އަންލިމިޓެޑަކީ ހަމައެކަނި ޝިއާރެއް ނޫނެވެ. އެއީ ކަސްޓަމަރުންނަށް ކަންކަން ފަސޭހަކޮށްދިނުމަށް ކުރާ ވައުދެކެވެ.
އުރީދޫއަށް 20 އަހަރު: 19 އުމްރާ އާއި ހައްޖު ދަތުރެއް ލިބޭ ޕްރޮމޯޝަނެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ