ވަރިބަހާއިމެދު ދޭންޖެހޭ ސަމާލުކަން ނުދެވުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އެންމެ ގިނައިން ކުރިމަތިވާ މައްސަލަތަކުގެ އަންތބަކު އެބައިންކަން ސިއްރުކުރުމުގެ ބޭނުމުގައި އަންތބަކު ނެތްކަމަށް ބުނުމުން ކުރިމަތިވާ މައްސަލަތައްވެސް ހިމެނެއެވެ.
ދާދިފަހުން ކުރިމަތިވި މައްސަލައަކީ އިނގިރޭސި ބަހުން ވާހަކަދައްކަމުން "އައިއޭމް ސިންގަލް" ކަމަށް ބުނުމުން ކުރިމަތިވި މައްސލައެކެވެ. އެޒުވާނާ ބުނީ އެހެން ބުނީ އަނބިމީހާ ވަރިކުރުމުގެ ނިޔަތުގައި ނޫންކަމަށާއި އެވަޤުތު އެތަނުގައި ހުރީ އެކަނިކަމަށް ބުނުމަށް ކަމަށެވެ. ނަމަވެސް ފަޑިޔާރު އެއަޑެއް ނުއެއްސެވިއެވެ. ފަނޑިޔާރު ވިދާޅުވީ އެހެންކަމަށްވާނަމަ ބުނަންޖެހޭނީ:
I am alone here ކަމަށެވެ. ފަނޑިޔާރު ނިންމެވީ ކައިވެނި ރޫޅިފައިވާ ކަމަށާއި އެކުގައި އުޅެވޭނީ ރުޖޫޢަކޮށްގެން ކަމަށެވެ.
މިހުރީ ބޮޑެތި މައްސަލަތަކެވެ. ދޮގުހަދަން ހަދައިގެން ރޫޅޭ ކައިވެނިތައް ވަރަށް ގިނައެވެ. އެކަން އަނބިމީހާއަށް ނުއަންގައި ސއްރުކުރިނަމަވެސް ދެނެވޮޑިގެންވާ ފަރާތުން ދެނެވޮޑިގެންވެއެވެ. ވީމާ އެފަދަ ބަހެއް ބުނެވިއްޖެނަމަ ދީނީ ޢިލްމްވެރިންގެ ލަފާ ހޯދައިގެން ކުރިއަށް ދިއުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ. އަދި އެންމެ މުހިންމު ކަމަކީ ޢިލްމްވެރިން ދެއްވާ އިރުޝާދަށް ޢަމަލުކުރުމެވެ.
މިކަމުގަ ޑރ. އިޔާޟް ވިދާޅުވެފައިވާ ބަސްފުޅެއްވެސް ހާމަކޮށްލާނަމެވެ. "ވަރިއަކީ ސަމާސާ ކުރެވޭ އެއްޗެއް ނޫނެވެ. ސަމާސަ އަކަށްވެސް ތިމަންނާގެ އަންހެނުން ވަރިކޮށްފީމޭ، ނުވަތަ އަންބަކު ނުހުރެޔޭ ބުނެފިނަމަ ވަރިވާނެއެވެ. ވީމާ، ޑްރާމާ ތަމްޘީލު ތަކުގައިވެސް މިފަދަ ޢީބާރާތެއް ބޭނުންކޮށްފިނަމަ ވަރިވާނެއެވެ." واللهأعلم
ވަރިބަހަކީ ބުނެ ބޭރުކޮށްލުމުން އެމީހާގެ ބާރު ކެނޑޭއެއްޗެއް! އަންތބަކު އިންވާހަކަ ނުބުނަންވެސް އަންތބަކު ނެތްކަމަކަށް ނުބުނެވޭނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ