އިންތިހާބުތައް ބޭއްވުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅު އެމަނިކުފާނު މިރޭ ހާމަކުރައްވައިފި އެވެ.
ރައީސް އެކަން ހާމަކުރެއްވީ އެމަނިކުފާނުގެ "ވަޓްސްއެޕް" ގެ ރަސްމީ ޗެނަލްގަ އެވެ. އެ ޗެނަލްގައި ކުރެެއްވި ޕޯސްޓެއް ގައި ރައީސް ވަނީ އެމަނިކުފާނު ވަކާލާތު ކުރައްވަނީ ޕްރެފަރަންޝަލް ވޯޓިންގެ ނިޒާމަކަށް ކަަމަށް ވިދާޅުވެފަ އެވެ.
ރައީސް މިހެން ވިދާޅުވިއިރު ޕްރެފަރަންޝަލް ވޯޓިންގެ ނިޒާމަކަށް ދާން ސަރުކާރަށް ތާއީދު ކުރާ މީހުން ދަނީ ކެމްޕެއިނެއް ވެސް ހިންގަމުންނެވެ. މި ނިޒާމުގައި ރިޔާސީ އިންތިހާބު ގައި ދެވަނަ ބުރެއް ނޯންނާނެ އެވެ.
Advertisement
މި ނިޒާމުގައި އެ މީހަކު ވޯޓް ދޭނީ އެންމެ ރަނގަޅު ކެންޑިޑޭޓުން ތަރުތީބުވާ ގޮތަކަށެވެ. އެންމެ ރަނގަޅު ކެންޑިޑޭޓާކައި ދެވަނައަށް ރަނގަޅު ކެންޑިޑޭޓާއި ތިންވަނައަށް ރަނގަޅު ކެންޑިޑޭޓް މިހެން ފާހަގަވާ ގޮތަށެވެ. އެ ގޮތުން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ނުލިބިއްޖެނަމަ ދެވަނަ އަށް އެންމެ ރަނގަޅު ކެންޑިޑޭޓަށް ރައްޔިތުން ދިން ވޯޓް ގުނާނެ އެވެ.
މި ނިޒާމު ރާއްޖެއާ އަވައްޓެރި އިންޑިއާ އަދި ލަންކާގައި ވެސް އެބަ އޮތެވެ. ނަމަވެސް ހުރިހާ އިންތިހާބެއްގައި އެ ގޮތަށް އަމަލެއް ނުކުރެ އެވެ. ލަންކާގައި އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބު ގައި ވެސް ނަތީޖާ ނެރެފައިވަނީ އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ވޯޓް ނުލިބުމުން ދެވަނަ އަށް އެންމެ ރަނގަޅު ކެންޑިޑޭޓަށް ރައްޔިތުން ދިން ވޯޓް ގުނައިގެންނެވެ.
މި ނިޒާމަށް އަމަލުކުރާ ގައުމުތަކުން ވެސް އެކި އުސޫލުތައް ހަދާފައި ހުރެ އެވެ. ބައެއް ގައުމުތަކުގައި ކުރިމަތިލާ ހުރިހާ ކެންޑިޑޭޓުން ރޭކުކޮށް ވަނަ ދޭން ޖެހެ އެވެ. ނަމަވެސް ލަންކާ ފަދަ ގައުމުތަކުގައި އޮންނަނީ އެންމެ ރަނގަޅު ތިން ކެންޑިޑޭޓުން ފާހަގަ ކުރުމެވެ.
ދެވަނަ ބުރެއް ނޯންނަ ގޮތަށް ޕްރެފަރަންޝަލް ވޯޓިންގެ ނިޒާމަކަށް ތާއީދު ކުރައްވާކަން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ ހާމަ ކުރައްވާފަ އެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ މި ނިޒާމަށް ތާއީދު ނުކުރައްވާ ކަަމަށް ވިދާޅުވެފަ އެވެ.
ރައީސްގެ ވިސްނުންފުޅު ހާމަކުރައްވައިފި، ބޭނުންފުޅުވަނީ ޕްރެފަރަންޝަލް ވޯޓިންގެ ނިޒާމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ