ތޮއްޑޫގައި ބަރަހަނާ ހާލުގައި އުޅުނު ޓޫރިސްޓަކު ހައްޔަރު ކޮށްފި

ތޮއްޑޫގައި ބަރަހަނާ ހާލުގައި އުޅުނު ޓޫރިސްޓަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ މިއަދު ޖަހާއެހާކަންހާއިރު ތޮއްޑޫގައި ހުންނަ ގެސްޓްހައުސްއެއްގައި އުޅުނު ރަޝިޔާ ފިރިހެނަކު އެ ރަށު ބީޗުގައި ބަރަހަނާކޮށް އުޅުނު މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން އެ ސީނަށް ދިއުމުން އެ މީހާ ވަނީ ފުލުހުންނަށް ހަމަލާދީފަ އެވެ. އަދި ފުލުސް ވެހިކަލަށް ގެއްލުންދީ އަމުރަށް ނުކިޔަމަންތެރިވެފައިވެ އެވެ.
Advertisement
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އެ މީހާ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ