ރޯދަ މަހުގެ ފުރަތަމަ 15 ދުވަސް ނިމުނުއިރު ބާޒާރުގެ އަގުތައް ހިފެހެއްޓިފައި

ރޯދަމަހުގެ ފުރަތަމަ 15 ދުވަސް ނިމުނުއިރު ބާޒާރުގައި މޭވާއާއި ތަރުކާރީގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓިއްޖެއެވެ. ރޯދަ މަހު ބާޒާރުގައި ތަކެތީގެ އަގުތައް އުފުލޭނެ ކަމަށް ލަފާކުރެވޭ ކަމަށް މީގެ ކުރިން ވިޔަފާރިވެރިން ބުނި ނަމަވެސް ރޯދަމަސް ފެށުނު އިރުވެސް ބާޒާރުގެ އަގުތަކަށް ބަދަލެއް ނާންނަ ކަމަށް މާރުކޭޓުގައި ތަކެތި ވިއްކާ ވިޔަފާރިވެރީން އޭރު ވަނީ ބުނެފައެވެ. މިއަދު ބާޒާރުގެ އަގުތަކަށް ބަލާއިރު، މިހާރު މޭވާއާއި ތަރުކާރީ ލިބެން ހުރީ ރޯދަމަހުގެ ފުރަތަމަ ދުވަހު ވެސް ލިބެން ހުރި އަގުތަކާ ގާތްގަނޑަކަށް އެއްވަރެއްގައެވެ. އެގޮތުން މިހާރު ބާޒާރުގެ އަގުތަކަށް ބަލާއިރު: ލުނބޯ ކިލޯއެއް: 45 އާއި 50 ރުފިޔާއާ ދެމެދު ޗައިނީސް ކިއުކަމްބާ ކިލޯއެއް: 45 ރުފިޔާއަށް ކަރާ ކިލޯއެއް: 20 ރުފިޔާއަށް ޓޮމާޓޯ ކިލޯއެއް: 30 ރުފިޔާއަށް ދިވެހި މިރުސް ކިލޯއެއް: 100 ރުފިޔާއަށް އަލުވި ކިލޯއެއް: 20 ރުފިޔާއާ ދެމެދު ފިޔާ ކިލޯއެއް: 14އާއި 16 ރުފިޔާއާ ދެމެދުގައި ތޮޅި މިރުސް ކިލޯއެއް: 175 ރުފިޔާއަށް ތޮރާ ކިލޯއެއް: 35 ރުފިޔާއަށް ޕެޝަން ފްރުޓް: 130 ރުފިޔާއަށް ކުރުނބާ: 20، 25 ރުފިޔާއަށް ކޮޕީ ފަތް ބޮނޑިއެއް: 10 ރުފިޔާއަށް ހިކަނދި ފަތް ބޮނޑިއެއް: 10 ރުފިޔާއަށް ފާއިތުވި 15 ދުވަހުގެ ތެރޭގައި ބައެއް ތަކެތީގެ އަގުތައް އުފުލި، ވެއްޓިފައި ވެސްވެއެވެ. އެގޮތުން މާލޭގެ ބާޒާރުގައި ކާށީގެ އަގު 40 ރުފިޔާއިން މައްޗަށް ގޮސްފައިވަނިކޮށް އެސްޓީއޯއިން ވަނީ ކާށީގެ ޝިޕްމެންޓްތައް ގެނެސް ބާޒާރުގައި ވިއްކަން ފަށާފައެވެ. ވިޔަފާރިވެރިންނަށް ގެނެސްދޭ ކާށީގެ ޝިޕްމަންޓު ކޮންމެ 10ދުވަހަކުން ލިބޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ