ސަރުކާރުގެ އެހީގެ ދަށުން ގުރުއާން ހިތުދަސްކޮށްދިނުމުގެ މަޝްރޫއު ކުރިއަށް ގެންދާނެ ނުވަ ރަށެއް ކަނޑައަޅައިފި އެވެ.
ވީ ކިހިނެއް؟ - އިސްލާމިކް މިނިސްޓްރީން މިއަދު ބުނި ގޮތުގައި، މި ނުވަ ރަށުގައި އަންނަ މަހުން ފެށިގެން ގުރުއާން ހިތުދަސްކޮށްދޭން ފަށާނެ އެވެ.
ތަފްސީލް - އެ ރަށްތަކަކީ:
ހއ. ދިއްދޫ
ބ. އޭދަފުށި
ދ. ކުޑަހުވަދޫ
އއ. ފެރިދޫ
ރ. އުނގޫފާރު
ހދ. ކުޅުދުއްފުށި
ލ. ގަން
ގދ. ތިނަދޫ
ސ. ހިތަދޫ
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، މިއި އިސްލާމީ މަރުކަޒުތައް ގާއިމުވެފައިވާ ނުވަތަ ބޮޑެތި އާބާދީތައް ހިމެނޭ ރަށްތަކެވެ.
މީގެ އިތުރުން، ގުރުއާން ކިޔަވައިދިނުމުގެ ދަތިތައް ހުރި ރަށްތަކާއި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް އަހަރުތަކެއް ވާންދެން ހުއްޓިފައިވާ ރަށްތައް ފާހަގަކޮށް، އެ ތަންތަނުގައި ކިޔަވައިދޭން ފެށުމަށް ނިންމާފައިވާކަން ވެސް މިނިސްޓްރީން އިއުލާން ކުރި އެވެ. އެ ރަށްތަކުގައި ގުރުއާން އަލަށް ކިޔަވައިދިނުމާއި ގާރީ ކޯސް ހިންގާނެ ކަމަށް އެ ތަނުން ބުންޏެވެ.
މިނިސްޓްރީން އިއުލާން ކުރި ރަށްތަކަކީ:
ރ. މަޑުއްވަރި
ނ. ވެލިދޫ
ތ. ކިނބިދޫ
ތ. ގުރައިދޫ
ގދ. ގައްދޫ
ލ. އިސްދޫކަލައިދޫ
ހއ. އުތީމު
ދ. މީދޫ
"މިރަށްތަކުގައި ވެސް އަންނަ މަހުން ފެށިގެން މަރުކަޒުން މުސާރަ ދޭ ގޮތަށް މަރުކަޒުގެ ގޮފިތަކުގައި ޓީޗަރު ހަމަޖެހިގެންދާނެ،" އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި އެވެ.
މީގެ އިތުރުން، ފުވައްމުލަކުގައި ހިންގާ ގުރުއާން މަރުކަޒަށް، އެ ތަން ހިންގާނެ ކޯޑިނޭޓަރަކާއި އިދާރީ މުވައްޒަފުން ވެސް ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން 9 ރަށެއްގައި ގުރުއާން ހިތުދަސްކޮށްދޭން ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ