ައައްޑޫ ފްލޯޓިންގ ވޯޓަރ ތީމް ޕާކުގެ އީއައިއޭ ހެދުމުގެ މަސައްކަތް ސީ.ޑީ.އީ އަށް ދެމަފިރިއެއްގެ ވަކީލް ކަމުގެ ހުއްދަ ހިފަހައްޓައިފި މި ސަރުކާރު އައުމާ އެކު ކޮރަޕްޝަން އޮންނާނީ ތަޅުލާފައި- މެމްބަރު ޝާޑު އީދު ދުވަހާ ގުޅިގެން އިތުރު ބަންދެއް ނުލިބޭނެ މަގުބޫލު

ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް ޙައްލެއް ހޯދުމަށްޓަކާ ދައުލަތުގެ އިދާރާތަކުން ގުޅިގެން ކުރަން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމުގެ ކަންކަން މިއަދު ފައްޓަވާފައިވާކަން ރައީސް ޑރ މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
މި ކަން ހާމަކުރައްވައި އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ރޭ ކުރެއްވި ޕޯސްޓުގައި ވަނީ މި ފެށުނު މަސައްކަތުގެ ތެރެއިން ޒަމާންވީ މި މައްސަލައަށް ޙައްލުތަކެއް ލިބި، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ބަންދަށް ލުއިތަކެއް ދެވޭނެކަމުގައި ވިދާޅުވެފައެވެ.
ޝަރީއަތް ނިމެންދެން ބަންދު ކުރެވިފައިވާ ފަރާތްތަކުގެ ހައްޤުތަކަށް ވަކާލާތުކުރައްވާ ބައެއް ބޭފުޅުން ލިޔުމުން ހުށަހެޅުއްވި ހުށަހެޅުންތަކާމެދު މަޝްވަރާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މި މަހުގެ 8 ވަނަ ދުވަހު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމާގުޅުންހުރި އިދާރާތަކުގެ އެންމެ އިސްވެރިންނާ ބައްދަލުކުރައްވައި އެ ހުށަހެޅުންތަކުގައި ފާހަގަކުރެއްވި ކަންކަމާމެދު މަޝްވަރާ ކުރައްވާފައެވެ.
އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ލިބުމަށް އެދޭ މީހުންނަށް، ޕީޖީ އޮފީހުގެ “އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމަށް އެދޭ ފޯމު” އޮންލައިން ޕޯޓަލް (online.pgo.mv) މެދުވެރިކޮށް ހުށަހެޅޭނެއެވެ. އަދި ބަންދުގައިވާ މީހާގެ ވަކީލު މެދުވެރިކޮށް ލުޔަށް އެދުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
ޝަރީއަތް ނިމެންދެން ހައްޔަރުކޮށްފައި ތިބޭ މީހުން ކުށެއް ސާބިތުނުވަނީސް، އެތައް އަހަރެއް ޖަލުގައި ހޭދަކުރަން ޖެހޭ ހާލަތްތައް ބައެއް ފަހަރު ދިމާވާއިރު، އެ މައްސަލަ ހައްލުކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ