ރާއްޖެއަށް މުދާ ގެނައުމަށް ބޭރު ފައިސާ ގަންނަން ލިބޭ ރޭޓު ހިފެހެއްޓުމެއް ނެތި އުފުލެމުން އަންނާތީ ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
މީގެ ހަފުތާއެއްގެ ކުރިން ކަޅު ބާޒާރުގައި އޭރު ޑޮލަރެއް ގަންނަން ލިބޭ އަގު 21.25 ރުފިޔާ އަރާފައި ހުރުމަށް ފަހު، އިއްޔެ ދޮލަރެއްގެ އަގު 21.35 ގައި ހުރުމަށް ފަހު މިއަދު ޑޮލަރު ވިއްކާ ރޭޓް ވަނީ 21.45ރ. އަށްވުރެ ބޮޑުވެފަ އެވެ.
Enterprise Development Industrial Pvt Ltd
Yes Maldives Pvt Ltd
MU STORE
MU STORE
"އަދަދު" ނޫހާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުނީ ޑޮލަރު ލިބުން ދުވަހެއް ދުވަހަކަށް ދަތިވެ، ބޮޑު އަގުގައި ޑޮލަރު ގަންނަންޖެހުމުން މާލީ ގޮތުން ގެއްލުންތައް ކުރިމަތިވަމުންދާ ކަމަށާއި، މިހާރު މުދަލުގެ އަގު ބޮޑުކުރުން ނޫން ގޮތެއް ނެތް ކަމަށެވެ.
މި ހަފްތާގައި މުދަލަށް އޯޑަރު ދިނުމަށް ބޭނުންވާ ވަރަށް ޑޮލަރު ނުލިބޭ ކަމަށާއި 21.50ރ. އަށްވުރެ ބޮޑުކޮށް ވެސް ޑޮލަރު ނުލިބޭ ކަމަށް ރާއްޖެއަށް ފުޅާ ދާއިރާއެއްގައި މުދާ އިމްޕޯޓުކުރާ ވިޔަފާރިވެރިޔަކު މިއަދު އަދަދު އަށް ބުންޏެވެ.
"މި މަސް ނިމޭއިރު ރޭޓު 22ރ. އަށް އަރާނެ ކަމަށް ބެލެވޭ. ކުރިއަށް އޮތް އޮގަސްޓް މަހު ޓޫރިޒަމް އެރައިވަލް ދައްކޮށް ދައްކާތީ އޮގަސްޓު މަހު ޑޮލަރުގެ ރޭޓު 23ރ. އަށް އެރުން އެކަށީގެންވޭ،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި މަނީ އެކްސްޗޭންޖު ވިޔަފާރިވެރިޔަކު ބުންޏެވެ.
އަދަދު ނޫހާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުނީ ޑޮލަރުގެ މައްސަލަ ހައްލުކުރަން އެމްއެމްއޭއިން މަސައްކަތް ކުރަންޖެހޭ ކަމަށާއި އަދި ވެގެން އުޅޭ ގޮތް ސާފުކޮށް ސަރުކާރުން ވެސް އެމްއެމްއޭއިން ވެސް ބުނެދޭން ޖެހޭ ކަމަށެވެ.
"މިކަމާ ސަރުކާރުން އަދި އެމްއެމްއޭއިން ކަންބޮޑުވާކަން އިހުސާސެއް ނުކުރެވޭ. މިވަރަށް ބޮޑުވަމުން ދާނަމަ ވިޔަފާރިތައް އިތުރަށް ހަލާކުވާނެ،" ވިޔަފާރިވެރިޔަކު ބުންޏެވެ.
ޑޮލަރުގެ އަގު މައްޗަށް ގޮސްފައި މި ވަނީ މިއަހަރު ރިކޯޑު މިންވަރަކަށް ދަރަނި ދެއްކުމާއި، ޑޮލަރުގެ އިސްރާފު ގިނަވުމާއި، އާ އިންވެސްޓްމެންޓުތައް ނުވަނުމުގެ އިތުރުން ލޯނު ހޯދުމުގެ ގާބިލްކަން ސަރުކާރުގެ ނެތުމުންނެވެ.
މި މައްސަލަ ހައްލު ކުރަން ކަމަށް ބުނެ ސަރުކާރުން ރިސޯޓުތަކަށް ޑޮލަރު މާރު ކުރުން މަޖުބޫރުކުރި ނަމަވެސް، އެ ބަދަލާއެކު ވެސް ޑޮލަރުގެ އަގު ދިޔައީ މައްޗަށެވެ.
ޑޮލަރުގެ އަގު 15.42 އަށް ނުވަތަ އެއަށްވުރެ ވެސް ބޮޑަށް ތިރި ކުރުމަކީ ރައީސް މުއިއްޒާއި އެމަނިކުފާނުގެ އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދުގެ ވައުދަކަށްވާއިރު، މިފަހުން ސައީދު ވަނީ ޑޮލަރުގެ އަގު ތިރި ނުކުރެވެނީ ނިމިދިޔަ ސަރުކާރުތަކާ ހެދި ކަމަށް ވިދާޅުވެފަ އެވެ.
ޑޮލަރުގެ އަގު އުފުލެމުންދިޔަ ނަމަވެސް ވެރިކަން ކުރާ ޕީއެންސީގެ މެންބަރުން ދަނީ އެކަން އޮޅުވާލަމުންނެވެ. އެގޮތުން، ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މިފަހުން ވިދާޅުވީ މިއަށްވުރެ ފަސޭހައިން ބޭންކު ރޭޓުގައި އާންމު ރައްޔިތުންނަށް ޑޮލަރު ލިބުނު ޒަމާނެއް ނާންނާނެ ކަމަށާއި، މިވަރަށް ޑޮލަރު ތިޔާގިވި ޒަމާނެއް ނެތް ކަމަށެވެ.
ޑޮލަރުގެ އަގު 21.45ރ. އަށް އަރައިފި، ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ