ރާއްޖޭގެ ހަމައެކަނި ”ޒައިސް ވިޜަން އެކްސްޕާޓް“ އަކަށް އައިކެއަރ!

ދިވެހިރާއްޖޭގައި ލޮލުގެ ފަރުވާގެ ޚިދުމަތް ދިނުމުގައި އެންމެ ކުރިއަރާފައިވާ އަދި އެންމެ ފުޅާ ދާއިރާއެއްގައި ލޮލުގެ ފަރުވާ ދޭ  އައިކެއަރ އާއި، އޮޕްޓިކަލް ސައިންސްގެ ދާއިރާގައި ދުނިޔޭގެ މަޝްހޫރު ”ޒައިސް“ (ZEISS) ގުޅިގެން، ރާއްޖޭގެ އެކްސްކްލޫސިވް ”ޒައިސް ވިޜަން އެކްސްޕާޓް“ އަކަށް އައިކެއަރ ހަމަޖެހިއްޖެއެވެ.
މި ޕާޓްނަރޝިޕަކީ ރާއްޖޭގެ ރައްޔިތުންނަށް ދުނިޔޭގެ ފެންވަރުގެ ލޮލުގެ ފަރުވާ އާއި ޒަމާނީ ލެންސް ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށް އައިކެއަރ އިން ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މީގެ ސަބަބުން، ކޮންމެ ކަސްޓަމަރެއްގެ ބޭނުންތަކަށް ޚާއްޞަކޮށް ފަރުމާކުރެވިފައިވާ، ދުނިޔޭގެ ފެންވަރުގެ ”ޕާސަނަލައިޒްޑް“ ޚިދުމަތްތައް ދިވެހި ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.
މި ޕާޓްނަރޝިޕް އިފްތިތާޙްކުރުމުގެ ހަފްލާގައި، މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ، ގީލާ ޢަލީ ވަނީ އައިކެއަރގައި ގާއިމުކުރެވިފައިވާ، އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީއާއެކު ތައްޔާރުކޮށްފައިވާ ’ޒައިސް ވިޒުފިޓް’ ޑިޖިޓަލް މެޝިން ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައެވެ.
މިއީ ތްރީޑީ ސްކޭން ބޭނުންކޮށްގެން، އައިނު އިޚްތިޔާރުކުރުމުގައި އެންމެ ފުރިހަމަ މިންތަކާއި ލޮލަށް އެންމެ އަރާމު ގޮތްތައް ދެނެގަތުމަށް އެހީތެރިވެދޭ ވަސީލަތެއް ކަމަށް އައިކެއަރ އިން ބުނެއެވެ. މީގެ އިތުރުން، ޑިޖިޓަލް ދިރިއުޅުމުގެ އާދަކާދަތަކަށް ބަލައި، ލޮލަށް ލިބޭ ވަރުބަލިކަން ކުޑަކޮށްދޭ ފެންވަރު ރަނގަޅު ޒައިސް ލެންސްތައްވެސް މިހާރު އައިކެއަރ މެދުވެރިކޮށް ލިބޭނެއެވެ.
މިކަމާ ގުޅޭގޮތުން އައިކެއަރގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޒާހިރު ވިދާޅުވީ، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ލިބެން ހުންނަ އެންމެ މަތީ ފެންވަރުގެ ޓެކްނޮލޮޖީ ދިވެހީންނަށް ފޯރުކޮށްދިނުމަކީ އައިކެއަރގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި ޒައިސްގެ އާ އީޖާދުތަކާއެކު ތަފާތު ޚިދުމަތެއް މި ޕާރޓްނާޝިޕާއެކު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޒައިސް އިންޑިއާގެ ހެޑް އޮފް ވިޜަން ކެއަރ، ރޯހަން ޕައުލް ވިދާޅުވީ، ރާއްޖޭގެ ޞިއްޙީ ދާއިރާގެ އިތުބާރު ހޯދާފައިވާ އައިކެއަރ އާއެކު މިފަދަ މަސައްކަތެއް ފެށުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި ޕާޓްނަރޝިޕްގެ ސަބަބުން ރާއްޖޭގެ ލޮލުގެ ފަރުވާގެ މިންގަނޑުތައް އައު އުސްމިންތަކަކަށް ގެންދިއުމަށް އެހީތެރިވެދޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ޕާޓްނަރޝިޕް ރަސްމީކޮށް އިޢުލާންކުރީ 25 ޖޫން 2026 ގައި މާލޭގައި ހުންނަ އައިކެއަރގެ މައި ހޮސްޕިޓަލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ހަފްލާގައި ޞިއްޙީ ދާއިރާގެ ބޭފުޅުންނާއި، ވިޔަފާރިވެރިން އަދި މީޑިއާގެ ފަރާތްތަކަށް ”ޒައިސް ވިޒުފިޓް“ ޓެކްނޮލޮޖީގެ މަސައްކަތްތައް ވަނީ ދައްކާލާފައެވެ.
ސާޅީހަކަށް ލެންސް ބޭނުންކޮށްގެން ކަސްޓަމަރުގެ މޫނުގެ ވަރަށް ތަފްސީލީ ފޮޓޯތަކެއް ނަގައި، އޭގެ ޑިޖިޓަލް މޮޑެލްއެއް ތައްޔާރުކޮށްދޭ ޒައިސްގެ މެޝިނެއް ވެސް އައިކެއަރ އިން ވަނީ ރާއްޖެއަށް ތައާރަފްކޮށްފައެވެ. މި މޮޑެލްގެ އެހީގައި ކަސްޓަމަރުގެ މޫނުގެ ބައްޓަމާއި ސިފަތަކާ އެންމެ ގުޅޭ އައިނުތައް ދެނެގަނެވި، ތަފާތު ޑިޒައިންތަކާއި ކުލަތަކުގެ އައިނު ފްރޭމްތައް ވާޗުއަލްކޮށް މޫނަށް ހެޔޮވަރުކޮށްލައިގެން ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ވޭތުވެދިޔަ 20 އަހަރަށްވުރެ ގިނަ ދުވަހު ރާއްޖޭގައި ލޮލުގެ ފަރުވާ ދިނުމުގައި އެންމެ ކުރީ ސަފުގައި އޮތް އައިކެއަރ އާއި ޒައިސްގެ މިއަމާޒަކީ، ރާއްޖޭގެ ރައްޔިތުންގެ ލޮލުގެ ދުޅަހެޔޮކަން އިތުރުކޮށް، ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ