ބޮޑު ކާމިޔާބީއެއް ލިބުނު ފިލްމު 'ކޭސަރީ ޗެޕްޓާ 2' ޑިޖިޓަލްކޮށް ރިލީޒްކޮށްފި
މި އަހަރުގެ އޭޕްރިލް މަހުގެ 18ގައި ސިނަމާތަކުގައި ރިލީޒްކުރި ފިލްމު ''ކޭސަރީ ޗެޕްޓާ 2'' ޖިއޯހޮޓްސްޓާގައި އިއްޔެ ސްޓްރީމްކުރަން ފަށައިފިއެވެ. މި ފިލްމަކީ ކަރަން ޖޯހަރު ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވެ، ކަރަން ސިންގް ތިޔާގީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ދަރުމާ ޕްރޮޑަކްޝަންސް އާއި ލިއޯ މީޑިއާ ކަލެކްޓިވްއާއި ކޭޕް އޮފް ގުޑް ފިލްމްސް ގުޅިގެން ގެނެސްދިން މި ފިލްމުގެ ލީޑް ތަރިންނަކީ އަކްޝޭ ކުމާރު، އާރް މާދްވަން އަދި ބަތަލާ އަނަނިޔާ ޕާންޑޭއެވެ. މި ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ އިންޑިއާއަށް މިނިވަންކަން ހޯދައިދިނުމަށް ކުރި މަސައްކަތްތަކުގެތެރޭގައި އެ ގައުމުގެ ސިކުންގެ ހައްގު ހޯދައި ދިނުމަށް ކުރިއަށްދިޔަ ގާނޫނީ މައްސަލަތަކެއްގެ މައްޗަށެވެ. މި ފިލްމުގައި އަކްޝޭ ފެންނާނީ ސިކުންގެ ހައްގު ހޯދައިދިނުމަށް ކޯޓުގައި ވަކާލާތުކުރާ ވަކީލެއްގެ ރޯލުންނެވެ. އަކްޝޭ އަދި މާދްވަން ފިލްމު "ކޭސަރީ ޗެޕްޓާ 2"ގެ މަންޒަރެއްގައި--ފޮޓޯ/ފިލްމުފެއަ އިންޑިއާގެ ސިކުންނާ ދެކޮޅަށް އިނގިރޭސިވިލާތުން އޭރު ހިންގި ގަތުލު އާއްމުތަކާ ގުޅޭ ކޯޓު މައްސަލައެއް ހުށަހަޅައި ސިކުންގެ ހައްގުގައި މަސައްކަތްކުރި އިންޑިއާގެ ރައްޔިތެއް ކަމަށްވާ ވަކީލު ސީ ޝަންކަރް ނާރަޔަންގެ ރޯލް އަކްޝޭ ކުޅެފައިވާއިރު އަކްޝޭއާ ދެކޮޅަށް ކޯޓުގައި ވަކާލާތުކުރާ ވަކީލުގެ ކެރެކްޓާ ކުޅެފައި ވަނީ އާރް މާދްވަންއެވެ. މި ފިލްމުގައި އަކްޝޭ އާއި އަނަނިޔާ އަދި އާރް މާދްވަންގެ ކެރެކްޓާ ގެނެސްދިން ގޮތް ފުރިހަމަކަމާއެކު ބެލުންތެރިންގެ ތައުރީފު މި ތަރިންނަށް ދިޔައީ އޮހެމުންނެވެ. ޚާއްސަކޮށް ފިލްމުގެ އެންމެ ފަހު 20 މިނެޓުގައި އަކްޝޭ ހުށަހަޅައިދިން ޑައިލޮގްތަކަކީ ވަރަށް ވަޠަނީ ޑައިލޮގްތަކެއް ކަމަށާއި އެފަދަ ކެރެކްޓާއެއް ބެލުންތެރިންނަށް އިންސާފުވެރިކޮށް ގެނެސްދެވޭނެ ހަމައެކަނި އެކްޓަރަކީ އަކްޝޭ ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ. މުޅިއެކު 100 ކްރޯޑު ރުޕީސް (11.98 މިލިއަން އެމެރިކާ ޑޮލަރު)ގެ ބަޖެޓަކުން އުފެއްދި މި ފިލްމުން ބޮކްސް އޮފީހުގައި ވަނީ (17.25 މިލިއަން ޑޮލަރު)ގެ އާމްދަނީއެއް ހޯދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ