މެޑްލީންގައި ދަތުރު ކުރަނިކޮށް ކަނޑުމަތިން ވަގަށް ނެގި އެންމެން ޑީޕޯޓް ކުރާނެ ކަމަށް އިޒްރޭލުން ބުނެފި މެޑްލީންގައި ދަތުރު ކުރަނިކޮށް ކަނޑުމަތިން ވަގަށް ނެގި އެންމެން ޑީޕޯޓް ކުރާނެ ކަމަށް އިޒްރޭލުން ބުނެފި

ފަލަސްތީނުގެ ގާޒާއަށް އެހީ ފޯރުކޮށްދިނުމަށް ދިޔަ ފްރީޑަމް ފްލޯޓިއްލާ، "މެޑްލީން" ކަނޑުމަތިން ހުއްޓުވައި އޭގައި ތިބި އެންމެން ވަގަށް ނެގި އިޒްރޭލު ހައްދުފަހަނައެޅި ސަރުކާރުން އެ މީހުން ޑިޕޯޓް ކުރަން ނިންމައިފި އެވެ.
"މެޑްލީން" ނަމަކަށް ކިޔާ މި ބޯޓު ދަތުރުކުރަމުންދިޔައީ އިނގިރޭސިވިލާތުގެ ދިދައިގެ ދަށުންނެވެ. މިއީ ގާޒާއަށް ބޭނުންވެފައިވާ އަވަސް އެހީ ފޯރުކޮށްދިނުމަށާއި އިޒްރޭލުން ކުރިމަތިކޮށްފައިވާ އިންސާނީ ކާރިސާ ހުއްޓުވުމަށް ގޮވާލައި ދަތުރުކުރި ބޯޓެކެވެ.
އެ ބޯޓަށް އިޒްރޭލުން އެރީ ބައިނަލްއަގުވާމީ ގާނޫނު ހިނގާ ކަނޑެއްގައި ދަތުރު ކުރަމުން ދަނިކޮށެވެ.
ބޯޓުން ދަތުރު ކުރަމުންދިޔަ 12 މީހުންގެ ތެރެއިން ހަތަރު މީހުން މިއަދު ވަނީ ޑީޕޯޓް ކޮށްފަ އެވެ. އޭގެ ތެރޭގައި ސްވީޑެންއަށް ނިސްބަތްވާ ގްރެޓާ ތުންބާގު ހިމެނެ އެވެ.
ބާކީ ތިބި އަށް މީހުން ޑިޕޯޓް ކުރެވިފައި ނުވަނީ ލިޔެކިޔުންތަކުގައި ސޮއި ނުކުރުމުން ކަމަށް މީޑިއާތަކުން ބުނެ އެވެ. އެ މީހުން ޑިޕޯޓް ކުރާނީ އިޒްރޭލުގެ ކޯޓަކަށް ހާޒިރު ކުރުމަށް ފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ