ފިހާރައަކަށް ވަދެ ސޭޓަކަށް ވަޅިން ބިރުދައްކައި ފައިސާ ފޭރުނު މީހަކަށް ދައުވާ ކުރަނީ
މައްޗަންގޯޅި ސަހަރާ ކައިރީގައި ހުންނަ "ޕަރާއޯ" ފިހާރައަށް ވަދެ، ފިހާރައިގެ ސޭޓަށް ވަޅިން ބިރުދައްކައި އެފިހާރައިގެ ވަތްގަނޑުގައި ހުރި ފައިސާ ފޭރުނު މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދިފައި ވަނީ، ހ. ރެދަން، ފަވާޒު ކަޅުތުއްތު (36އ)ގެ މައްޗަށެވެ. ފުލުހުން ބުނީ، މި ހާދިސާ ހިނގާފައި ވަނީ، މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު 15:13 އެހާކަންހާއިރު ކަމަށެވެ. މި މައްސަލައާ ގުޅިގެން ފަވާޒް ކަޅުތުއްތު ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން މެއި މަހުގެ 13ވަނަ ދުވަހުއެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ މޭ 14ވަނަ ދުވަހުއެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިއަދެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ފަވާޒް ކަޅުތުއްތު އަކީ މީގެކުރިން ތަފާތު އެކި މައްސަލަތަކުގައި 52 ފަހަރު ހައްޔަރުކޮށްފައިވާ މީހެއްކަން ފުލުހުން ފާހަގަކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ