ރޭ މުޒާހަރާއިން ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 3 ދުވަސް ޖަހައިފި ހުޅުމާލޭގައި ތަރައްގީކުރާ ހޮޓެލް އިމާރާތުގެ މަސައްކަތް ‘ވޯރލްޑް އޮފް ބިޒްނަސް”އާ ހަވާލުކުރުމަށް ސޮއިކޮށްފި އެމް-ފައިސާ މެދުވެރިކޮށް މުޅިން ހިލޭ ދުނިޔޭގެ ކޮންމެ ގައުމަކަށްވެސް ފައިސާ ފޮނު

އެޕްރީލް 23 ވަނަ ދުވަހުން ފެށިގެން މާލޭގެ މަޖީދީ މަގުގައި ކުރިއަށްދާ ސިލްސިލާ އެއްވުންތައް މި ކޮމިޝަނުން ދަނީ ވަރަށް ގާތުން މޮނީޓާ ކުރަމުން އަންނަކަމަށް ހިއުމަން ރައިސްޓް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ބުނެފިއެވެ.
އެޗްއާރްސީއެމް އިން ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 32ވަނަ މާއްދާގެ ދަށުން ރައްޔިތުންނަށް ލިބިދޭ އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގާއި އަދި ދިވެހިރާއްޖެއިން ސޮއިކޮށް ތަސްދީގުކޮށްފައިވާ މަދަނީ އަދި ސިޔާސީ ހައްފުތަކާބެހޭ ބައިނަލްއަގްވާމީ މުޢާހަދާ (ICCPR) އާއި މި މުއާހަދާގެ 21 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގާ އެއްގޮތްވާގޮތުގެ މަތިން ސުލްހަވެރި އެއްވުންތަކާއި އަދި އެފަދަ އެއްވުންތަކުގައި ގިނަ ޒުވާނުންތަކެއް ބައިވެރިވެ އުޅުމަކީ އެ ކޮމިޝަނުން ބަލައިގަންނަކަމެކެވެ.
ރާއްޖޭގެ ގާނޫނު އަސާސީން އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ރައްޔިތުންނަށް ދީފައިވާއިރު، ހައްގުގެ ބޭނުން ކުރުމުގައި އެއްބަޔަކު އަނެއްބައެއްގެ ހައްގަށް އަރައިނުގަނެ ހައްގުތަކަށް އިހުތިރާމްކުރުމަކީ މުޖުތަމައުގެ ހަމަޖެހުމަށްޓަކައި މުހިންމުކަމެއްކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި މިފަދަ އެއްވުންތައް ބޭއްވުމުގައި ދަތުރުފަތުރުކުރާ މީހުންނާއި ހިނގާބިނގާވާ މީހުންނާ އަދި އެ ސަރަހައްދުގައި ދިރިއުޅޭފަރާތްތަކާއި ވިޔަފާރިތަކަށް ދަތިނުވާނެގޮތަކަށް އެއްވުންތައް ހަމަޖެއްސުމަށް މަސައްކަތްކުރުމަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. ހަމައެހެންމެ، މިދުވަސްވަރަކީ ޖީސީއީ އޯލެވެލް އިމްތިހާނު ދުވަސްވަރުކަމުން، މަގުތަކުގައި އަޑުގަދަނުކޮށް މިފަދަ އެއްވުންތަކުގައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ އިމުގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ކޮމިޝަނުން އިލްތިމާސްކޮށްފައިވެއެވެ. އަދި އާންމު އިޖްތިމާއީ މިންގަޑާއި ހިލާފު ނުވާނެހެން މުޒާހަރާ ކުރިއަށް ގެންދިއުމަށް ކޮމިޝަނުން ވަނީ ގޮވާލާފައެވެ.
މީގެއިތުރުން މުޒާހަރާ ރޫޅާލުމުގައި ގާނޫނާއި ގަވާއިދުގެ ތެރެއިން ފުލުހުންގެ އަމަލުތައް ބެހެއްޓުމަށް ފުލުހުންނަށް އިލްތިމާސްކޮށްފައިވއެވެ. އަދި އަމަލުކުރަންޖެހޭ އިޖުރާއަތްތަކާ އެއްގޮތަށް އަމަލު ކުރުމަށްވަނީ އެދިފައެވެ. މިފަދަ އެއްވުންތައް ރޫޅާލުމުގައި ސުލްހަވެރިކަން އިސްކުރުމަށް ގޮވާލަމުން އެޗްއާރްސީއެމް އިން ވަނީ އެއްވެ އުޅުމުގެ ގާނޫނުން މަނާ ކުރާ ކަންތައްތައް ކުރުމުން ދުރުހެލިވުމަށް މުޒާހަރާގެ ބައިވެރިންނާއި، ދިފާއީ ބާރުތަކާއި އަދި އާންމުންނަށް އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ