ކުއްލި އޮޕަރޭޝަން: ގެއެއް ބަލައި ފާސްކޮށް، މީހަކު ހައްޔަރުކޮށްފި

ސިފައިންނާއި ފުލުހުން ގުޅިގެން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އޮޕަރޭޝަނުގައި ހެންވޭރުގެ ގެއަކަށް ވަދެ ބަލައި ފާސްކުރުމަށް ފަހު، މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ރޭ އެކްސްގައި ހިއްސާކުރި ބަޔާނެއްގައިވަނީ، އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ސިފައިންނާ ގުޅިގެން ގައުމީ ސަލާމަތާ ގުޅުން ހުރި އޮޕަރޭޝަނެއް ހިންގާކަން އިއުލާން ކޮށްފައެވެ. އެކަމާ ގުޅުން ހުރި ބައެއް މައުލޫމާތު ކަށަވަރު ކުރުމަށް އެ ބަޔާން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނެގި ނަމަވެސް، އޮޕަރޭޝަން ކުރިއަށްގެންދާ ކަމަށް ފުލުހުން ބުންޏެވެ. އެ އޮޕަރޭޝަންގެ ތެރެއިން ސިފައިން، އެޑްރެހުގެ ގޮތުގައި 'ހ. ނާގޫރުގެ' އަދި 'ނޫރުލްއައިން' ނަން ބޯޑު ޖަހައިފައިވާ ގެއަކަށް ވަދެ ބަލައި ފާސްކުރާ މަންޒަރު "ސަން"ގެ ނޫސްވެރިންނަށް ފެނުނެވެ. އެ ގެ ތެރެއިން ބައެއް މީހުންނާ ވެސް ސުވާލު ކުރާ މަންޒަރު ވެސް ފެނުނެވެ. ފަހުން އެ ގެއިން ދިވެހި ފިރިހެނަކު ހައްޔަރުކޮށްގެން ދާ މަންޒަރު ވެސް ވަނީ ފެނިފައެވެ. ތަފުސީލް އަންނަނީ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ