ގައުމީ ސަލާމަތާ ގުޅުންހުރި އޮޕަރޭޝަނެއް އެބަ ހިންގަން، ތިން މީހަކު ހައްޔަރު ކޮަށްފިން: ޕޮލިސް

ގައުމީ ސަލާމަތާ ގުޅުންހުރި ހާއްސަ އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށާ އެ އޮޕަރޭޝަންގައި ތިން މީހަކު ހައްޔަރު ކޮަަށްފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.
ފުލުހުންގެ އިދާރާ އިން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ ގައުމީ ސަލާމަތާ ގުޅުންހުރި ހާއްސަ އޮޕަރޭޝަން ގައި ތިން މީހަކު ހައްޔަރުކޮށް އެ މީހުންނާއި ގުޅުންހުރި ތަންތަން ބަލާ ފާސްކުރަމުންދާ ކަމަށެވެ.
އޮޕަރޭޝަން ކުރިއަށް ދިޔަ ވަރަކުން އިތުރު މައުލޫމާތު ހާމަ ކުރާނެ ކަމަށް ވެސް ބުންޏެވެ.
Advertisement
ފުލުހުންގެ މިރޭގެ އޮޕަރޭޝަން
ގައުމީ ސަލާމަތާ ގުޅުންހުރި އޮޕަރޭޝަނެއް ހިންގާ ކަމަށް ބުނެ ފުލުހުން މިރޭ ފުރަތަމަ ނެރުނު ބަޔާން ކުޑަވަގުތުކޮޅެއްގެ ތެރޭގައި ޑިލީޓް ކުރި އެވެ. އެކަމާ ސުވާލުކުރުމުން ބުނީ މިވަގުތަށް ބަޔާން ނެގީ ކަމަށެވެ.
ފުލުހުން މިރޭ ފުރަތަމަ ހައްޔަރު ކުރީ ހުވަދޫއަތޮޅުގެ ރަށަކަށް ނިސްބަތްވާ މީހެކެވެ. އޭނަ ދިރިއުޅޭ ތަނާއި އޭނާގެ ވެހިކަލެއް ފުލުހުން ފާސްކުރި އެވެ. 
މިރޭ ހައްޔަރު ކުރި އެއްވެސް މީހެއްގެ މައުލޫމާތެއް ފުލުހުން އަދި ނުދެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ހައްޔަރު ކުރި ތިން މީހުންނަކީ ވެސް އެއް މައްސަލައަކާ ގުޅިގެން ހައްޔަރު ކުރި މީހުންނެވެ.
ފުލުހުންގެ މިރޭގެ އޮޕަރޭޝަން ކުރިއަށް ގެންދަނީ -- ފޮޓޯ: ޖަވިޔަނި
ފުލުހުންގެ މި އޮޕަރޭޝަން ހުޅުމާލޭގައި ވެސް ދަނީ ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ