ފަސޭހަ ރެސިޕީ: އަލަނާސި ކޭކު

2 ޖޯޑު ފުށް
½ 1 ޖޯޑު ހަކުރު
1 ސައިސަމުސާ ބޭކިން ސޮޑާ
½ ސައިސަމުސާ ލޮނު
2 ބިސް
3 ޖޯޑު އަލަނާސި (ކުދިކޮށް ކޮށާފައި)
1 ސައިސަމުސާ ވެނީލާ
ބޯތައްޓެއްގައި ފުށާއި ހަކުރާއި ބޭކިން ސޮޑާ އެއްކޮށްލާށެވެ. އެއަށް ފަހު ފަހަރަކު ބިހެއް އަޅައި އެއްކުރާށެވެ. ދެން އަލަނާސި އާއި ވެނީލާ އަޅައި އެއްކޮށްލާށެވެ. ރަނގަޅަށް މިކްސް ވަންދެން އެއްކޮށްލަންވާނެ އެވެ. އެއަށް ފަހު ޓްރޭއެއްގައި ތެޔޮ ފޮދެއް އުނގުޅާލާފައި އެއަށް އަޅާލާށެވެ. ދެން އަވަނުގައި 170 ޑިގްރީގައި 30 މިނެޓް ވަންދެން ފިހެލާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ