ސިފައިންނަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި، އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށް އަބަދުވެސް ތައްޔާރަށް ތިބޭ ބައެކެވެ. އެގޮތުން މާލެއަށް ކުރިޔަށްއޮތް ދެދުވަހު ވިއްސާރަ ކުރާނެކަން އެނގުނު ހިސާބުން ފެށިގެން ސިފައިންވަނީ، ވިއްސާރައިގެ ސަބަބުން ރައްޔިތުންނާއި މުދަލަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރި ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފަށާފައެވެ. އެގޮތުން މިއަދު މެންދުރުން ފެށިގެން ޢާންމުކޮށް ފެންބޮޑުވާ ހިސާބުތަކުގައި ޕަމްޕުތައް ބަހައްޓާ، ފެންހިންދުމުގެ މަސައްކަތަށް ވަނީ ރެޑީ ވެފައެވެ.
އެގޮތުން މިވަގުތު މާލޭގެ 3 ސަރަހައްދެއްގައި ޕަމްޕު ބަހައްޓައިގެން ފެންހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ފެން ހިއްކުމުގެ މަސައްކަތް ކުރަމުންގެންދާ ސަރަހައްދު ތަކުގެ ތެރޭގައި އައިޖީއެމްއެޗް ސަރަހައްދު، ވެސްޓްޕާރކް ސަރަހައްދު އަދި މާފަންނު ފެރީ ޓާރމިނަލް ހިމެނެއެވެ. ހަމަ އެގޮތުން ޢާންމުން ދިރިއުޅޭ ގެތަކަށާއި އެހެނިހެން އިމާރާތްތަކަށް ފެންވަދެ ލިބިދާނެ ގެއްލުމަކުން ރައްކާތެރި ކޮށްދިނުމަށްޓަކައި ވެލިބަސްތާ ޖެހުމުގައި ވެސް ސިފައިން ދަނީ ހަރަކާތްތެރި ވަމުންނެވެ.
މާލެއަށް ވާރޭވެހި ފެންބޮޑުވާ ކޮންމެ ފަހަރަކު، ރެޔެއް ދުވާލަކަށް ބެލުމެއްނެތި ސިފައިން ފޯރުކޮށްދެމުންމިދާ ޤައުމީ ޚިދުމަތަކީ ޝުކުރުހައްޤު ޚިދުމަތެކެވެ. ސިފައިންގެ މިމަސައްކަތްތަކުގެ ސަބަބުން، ރައްޔިތުންގެ އެތައް މުދަލެއް ރައްކާތެރި ކުރެވިގެންދާކަން ފާހަގަކުރަން ޖެހެއެވެ.
- ދިވެހި ސިފައިންގެ ބަޔާން
ވިއްސާރައިން ކުރިމަތިވެދާނެ ޙާލަތަކަށް ސިފައިން ތިބީ ތައްޔާރަށް-!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ