ހުޅުމާލޭގައި ކުޑަކުދިންތަކެއް ތޫނު ހަތިޔާރާއެކު މާރާމާރީ ހިންގައި، އެކަކު ޒަހަމްކޮށްލައިފި ހުޅުމާލޭގައި ކުޑަކުދިންތަކެއް ތޫނު ހަތިޔާރާއެކު މާރާމާރީ ހިންގައި، އެކަކު ޒަހަމްކޮށްލައިފި

ހުޅުމާލެ ފޭސް 2 ގައި 18 އަހަރުން ދަށުގެ ކުޑަކުދިންތަކެއް ތޫނު ހަތިޔާރު ބޭނުން ކޮށްގެން ހިންގި މާރާމާރީއެއްގައި އޭގެ ތެރެއިން އެކަކު ޒަހަމް ކޮށްލައިފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ދެ ކުޑަކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އިތުރު ހަތަރު ކުދިން ހިފެހެއްޓި ކަމަށެވެ.
މި މައްސަލައިގެ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.
ޒަހަމްވި ކުއްޖާއަށް ލިބިފައިވާ ގެއްލުންތަކެއް ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.
ކުށުގެ ވެށީގައި އުޅޭ ކުޑަކުދިންގެ އަދަދު އިތިރުވަމުންދާ ކަމަށް ފުލުހުން ކުރިން ހާމަކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ