ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް ބާސެލޯނާ އާއި ބަޔާން މިޔުނިކް އަދި އިންޓަ މިލާން ވެސް ޗެމްޕިއަންސް ލީގުގެ ކްއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ. މި ތިން ޓީމުގެ އިތުރުން ރޭ އެ ފުރުސަތު ދެން ހޯދީ ލިވަޕޫލް ބަލިކޮށް ޕީއެސްޖީ އެވެ.
ދުނިޔޭގެ ކްލަބް ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތުގެ ގަދަ އަށަކަށް ބާސެލޯނާ ދިޔައީ އަމިއްލަ ރަށުގައި ޕޯޗުގަލްގެ ބެންފީކާ 3-1 އިން ބަލިކޮށްފަ އެވެ. ޖަރުމަންގެ ވާދަވެރި ދެ ޓީމު ކަމަށްވާ ބަޔާން މިޔުނިކް އާއި ބަޔާ ލެވަކޫސަންގެ ދެވަނަ ލެގު ރަށުން ބޭރުގައި ކުޅެ ބަޔާން މޮޅުވީ 2-0 އިންނެވެ. ފުރަތަމަ ލެގު ކާމިޔާބުކުރީ 3-0 އިންނެވެ.
އިޓަލީގެ އިންޓަ މިލާން އަމިއްލަ ދަނޑުގައި ނުކުތީ ނެދަލެންޑްސްގެ ފެޔަނޫޑްއާ ދެކޮޅަށެވެ. ފުރަތަމަ ލެގު 2-0 އިން ކާމިޔާބުކޮށްފައި އޮތް އިންޓަ މި މެޗުން މޮޅުވީ 2-1 އިންނެވެ.
ކްއާޓާ ފައިނަލްގައި އިންޓަ ނުކުންނަން ޖެހޭނީ ބަޔާންއާ ދެކޮޅަށެވެ. ދެން ހުރި މެޗުތަކުގެ ވާދަވެރިން ކަނޑައެޅޭނީ މިރެ އެވެ.
މިރޭގެ ހަތަރު މެޗުގައި ވާދަކުރާނީ
އާސެނަލް/ޕީއެސްވީ (ފުރަތަމަ މެޗުން އާސެނަލް މޮޅުވީ 7-1އިން)
ރެއާލް/އެތުލެޓިކޯ (ފުރަތަމަ މެޗުން ރެއާލް މޮޅުވީ 2-1އިން)
ކްލަބް ބްރުގާ/އެސްޓަން ވިލާ (ފުރަތަމަ މެޗުން އެސްޓަން ވިލާ މޮޅުވީ 3-1އިން)
ޑޯޓްމުންޑް/ލިއްލެ (ފުރަތަމަ މެޗު ނިމުނީ 1-1އިން އެއްވަރުވެގެން)
ކްއާޓާ ފައިނަލްގައި ބާސެލޯނާ ނުކުންނަން ޖެހޭނީ ޑޯޓްމުންޑް އާއި ލިއްލެގެ ތެރެއިން ޓީމަކާ ދެކޮޅަށެވެ.
ޕީއެސްޖީގެ ވާދަވެރިޔަކަށް ވާނީ ކްލަބް ބްރުގާ އާއި އެސްޓަން ވިލާގެ ތެރެއިން ޓީމެކެވެ.
އާސެނަލް/ޕީއެސްވީގެ ތެރެއިން ފުރުސަތު ހޯދާ ޓީމެއް ކުޅެން ޖެހޭނީ ރެއާލް އާއި އެތުލެޓިކޯ މެޑްރިޑްގެ ތެރެއިން ވާދަވެރިޔަކާ އެވެ.
ބާސެލޯނާ، ބަޔާން އަދި އިންޓަ މިލާން ވެސް ގަދަ އަށަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ