ސަލާމަތީ ބާރުތަކުން ހިންގާ އޮޕަރޭޝަނުގައި މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފި ސަލާމަތީ ބާރުތަކުން ހިންގާ އޮޕަރޭޝަނުގައި މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފި

ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ މައުލޫމާތު ލިބިގެން ސަލާމަތީ ބާރުތަކުން ހިންގަމުންދާ އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކަކީ ޖުމްހޫރީ މައިދާން ކައިރިން މިރޭ ހުއްޓުވި ލޮރީ ދުއްވަން އިން މީހާ އެވެ. އޭނާއާއެކު ގޮސް ސަލާމަތީ ބާރުތަކުން ވަނީ އޭނާ ދިރިއުޅޭ ގެ ވެސް ބަލައި ފާސްކޮށްފަ އެވެ.
ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނެކެވެ. އޭނާގެ ގެއިން ބައެއް ތަކެތި ސިފައިން ނެރެގެން ގެންދިޔަ މަންޒަރު މި ނޫހުގެ ނޫސްވެރިންނަށް ފެނިފައިވެ އެވެ.
އަދިވެސް ކުރިއަށްދާ މި އޮޕަރޭޝަނުގައި މީނާގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފުލެޓަކުން ވެސް މީހަކު ހައްޔަރުކުރި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. ފުލުހުންނާއި ސިފައިން މިކަމާ ގުޅިގެން ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ.
މިރޭގެ އޮޕަރޭޝަނުގައި ފުލުހުންނާއި ސިފައިން ވަދެ ބަލާ ފާސްކުރަމުންދާ ގެއެއްގައި ދިރިއުޅޭ އަންހެނަކު މަޑުކޮށްލައިގެން --- ފޮޓޯ: އަދަދު
މާލެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ހިންގާ ކަމަށް ފުލުހުން ބުނީ މިރޭ އެވެ. އޭގެ ފަހުން ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން ދަނީ މަގުތަކަށް ނުކުމެ އެކި ތަންތަން ބަލައި ފާސްކުރަމުންނެވެ.
މި ނޫހުގެ ޓީމުން މިހާތަނަށް އެއްކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ސަލާމަތީ ބާރުތަކުން ބެލި ތަންތަން:
މީގެއިތުރުންވެސް މަގުމަތަކުގައި ގިނަ އަދަދަކަށް ފުލުހުންނާއި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ޓެރަރިޒަމްގެ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ