މިހާރު ކުރިއަށްދާ މައިލޯ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ހައި ޖަމްޕް އިވެންޓްގައި ވާދަކޮށް 16 އަހަރުގެ ޔޫސުފް ނައިކް ވަޖީހު، 16 އަހަރުވީ ރާއްޖޭގެ ފިރިހެން ހައި ޖަމްޕް ގައުމީ ރެކޯޑް މުގުރާލައިފި އެވެ.
މިއީ، މީގެ 12 އަހަރު ކުރިން މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިޔާ، އަހުމަދު ޒަބީރު (ޒަބީ) މުގުރާލި ރެކޯޑެކެވެ. ނައިކް، އެ ރެކޯޑް މުގުރާލީ 1.88 މީޓަރު މަތިން ފުއްމައިގެންނެވެ.
މީގެ ބާރަ އަހަރު ކުރިން، 2009 ވަނަ އަަހަރު، ޒަބީ މި ރެކޯޑް ހެދީ އެ އަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި 1.85 މީޓަރު މަތިން ފުއްމައިގެންނެވެ.
މިދިިޔަ މަހު ސައުދީ އަރަބިއްޔާގައި ކުރިއަށްދިިޔަ، އޭޝިއާގެ 18 އަހަރުންދަށުގެ އެތުލެޓިކްސް މުބާރާތުގައި ވާދަކުރި ނައިކް ވަނީ ރާއްޖޭގެ 18 އަހަރުން ދަށާއި 20 އަހަރުން ދަށުގެ ހައި ޖަމްޕް ރެކޯޑް އާ ކޮށްފަ އެވެ. އެ ގޮތުން، ނައިކް ރެކޯޑް އާ ކުރީ 1.84 މީޓަރު މަތިން ފުއްމައިގެންނެވެ. މީގެ ކުރިން ވެސް މި ރެކޯޑް އޮތީ ނައިކް އަތުގަ އެެވެ. އެއީ، މި އަހަރުގެ ފެބްރުއަރީ މަހު ދައްމާމް ޓްރަޔަލްސްގައި، 1.80 މީޓަރު މަތިން ފުއްމައިގެންނެވެ.
ކުރިއެރުމަށް ބަލާއިރު، ހަތަރު މަސް ތެރޭގައި ނައިކް މި ވަނީ ބޮޑުތަނުން ތަފާތު ދައްކައިފަ އެވެ.
16 އަހަރުގެ ނައިކް 16 އަހަރުވީ ރެކޯޑެއް މުގުރާލައިފި 16 އަހަރުގެ ނައިކް 16 އަހަރުވީ ރެކޯޑެއް މުގުރާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ