“ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025” ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މީގެ ކުރިން، އެ މައުރަޒުގައި ބައިވެރިވުމުގެ ސުންގަޑި މި މަހުގެ 25 ވަނަ ދުވަހަށް ހަމަވެއެވެ. އެހެންނަމަވެސް މިހާރު ވަނީ މި މުއްދަތު އަންނަ މެއި މަހުގެ 10 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައެވެ.
ބީސީސީން ބުނީ މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު އުތުރުކޮށްފައިވަނީ، މައުރަޒުގައި ބައިވެރިވުމަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް ކަމަށެވެ. އަދި މައުރަޒުގައި ބައިވެރިވާން ބޭނުންވާ މީންނަށް އިތުރު ފުރުސަތެއް ދިނުމާ އެކު ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.
މި މައުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ރަޖިސްޓްރީ ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން އީ-ގަވް މެދުވެރިކޮށް އޮންލައިންކޮށް ފޯމް ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. އަދި މި މައުރަޒަށް ހާއްސަ ވެބްސައިޓް، ގައިވާ ފޯމް، އީމެއިލްގެ ޒަރިއްޔާއިން ނުވަތަ ބީސީސީގެ ހެޑް އޮފީހުން، އަދި އަތޮޅުތަކުގައި ހުންނަ ބީސީސީގެ ބިޒްނަސް ސެންޓަރުތަކުން ބަލައިގަނެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.
ޔުމްނު ވެއްޓުނު ހާދިސާ: އިންސާފުވެރި ތަހުގީގެއް ހިންގަން ގޮވާލައި، ޕެޓިޝަނެއްގައި ސޮއިކުރަނީ މަސްޖިދުއްނަބަވީގެ އިމާމު ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފި ޔުމްނު މެލޭޝިއާއަށް ފުރަން ހުރިހާ ކަމެއް ހަމަޖެހިއްޖެ: އާއިލާ ވެއ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ