މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ތާއީދު ކުރައްވާ ކެންޑިޑޭޓެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމަށް ވޯޓު ދެއްވި އެންމެހައި ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާ އިލްހާމް ކުރެއްވި ޓްވިޓްގައި ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ހޮވުނު ދެ ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވާފައެވެ.
އިލްހާމް ވިދާޅުވީ މާތްﷲގެ ވާގިފުޅާއެކު މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ ގާސިމް ތާއީދު ކުރައްވާ ކެންޑިޑޭޓެއް ކަމަށެވެ.
ވަގުތާއި ހާލަތުގެ ގޮތުން ގައުމަށް އެންމެ ފައިދާހުރީ ކޮން ގޮތަކަށްތޯ ބަލައި ވަރަށް އަވަހަށް ގާސިމް އިބްރާހީމް ނިންމަވާ ނިންމެވުން ރައްޔިތުންނާ ހިއްސާ ކުރައްވާނެ ކަމަށްވެސް ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު ވިދާޅުވިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އިދިކޮޅު ކޯލިޝަނުން ދަނީ ޖުމްހޫރީ ޕާޓީ ފިޔަވައި ހުރިހާ ސިޔާސީ ޕާޓީތަކައި ލީޑަރުންނާއި ވަކިވަކި މެމްބަރުންނާއިވެސް ތާއީދު ހޯދުމަށް މަޝްވަރާ ކުރަމުންނެވެ. އެގޮތުން ރައީސް ނަޝީދާއި ޑިމޮކްރެޓްސް އާއި އެމްއެންޕީ އާއި، އުމަރު ނަސީީރުގެ އިތުރުން އެނޫންވެސް ސިޔާސީ ޕާޓިތަކާއި ވަކިވަކި ފަރުދުންނާއިވެސް އިދިކޮޅުން ދަނީ މަޝްވަރާ ކުރަމުންނެވެ.
މީގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ވަކިވަކި މެމްބަރުންނާއި، އިސްވެރިންވެސް ހިމެނޭ ކަމަށް މައުލޫމާތުލިބެއެވެ.
އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް އިދިކޮޅުން މަސައްކަތް ކުރަމުންދާއިރު ރައީސް ސާލިހު ވިދާޅުވަނީ އެމަނިކުފަނާއިއެކު 2 ނޫނީ 3 ބަޔަކު ގުޅޭނެ ކަމަށް ބެލެވޭ ކަމަށެވެ.
އިންތިޚާބުގެ ފުރަތަމަ ބުރުގައި ޑރ. މުޢިއްޒު ވަނީ 46.06 އިންސައްތަ ވޯޓު ހޯއްދަވާ، ކުރި ހޯއްދަވާފަވާއިރު ރައީސް ސާލިހށް ލިބިވަޑައިގަތީ ޖުމްލަ 39.05 އިންސައްތަ ވޯޓެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ ގާސިމް ތާއީދުކުރައްވާ ކެންޑިޑޭޓެއް: އިލްހާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ